ދީން

ހުކުރު ދުވަހާ ގުޅުންހުރި މުހިންމު ސުންނަތްތައް

ހުކުރު ދުވަހާ ގުޅުންހުރި މުހިންމު ސުންނަތްތައް

ހުކުރު ދުވަހުގެ ސުންނަތްތައް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖުލައި 2025، 11:42

18 ޖުލައި 2025، 11:42

ހުކުރު ދުވަހަކީ މުސްލިމުންގެ ހަފްތާގެ އެންމެ މާތް ދުވަސް ކަމުގައިވާއިރު، މި ދުވަހާ ގުޅިގެން އަދާކުރުން މުސްތަހައްބު ވެގެންވާ ގިނަ ސުންނަތްތަކެއް ވެއެވެ. މި ސުންނަތްތަކުގެ ތެރޭގައި ހިމެނެނީ:

ސާފުތާހިރުވުން: ސާފުތާހިރުވުމުގެ ތެރޭގައި ހިމެނެނީ ނިޔަފަތި ކެނޑުމާއި، ކިހިލިފަތީގެ އިސްތަށި އުފުރުން، ހަށިގަނޑުގެ ސާފުތާހިރުކަން ބެލެހެއްޓުމެވެ. މި ކަންކަމަކީ ހަތަރު މަޒުހަބުގެ އިއްތިފާޤުން ސުންނަތް ކަމެކެވެ.

ހުކުރު ދުވަހު ހިނައިގަތުން: ހުކުރު ދުވަހު ހިނައިގަތުމަކީ ސުންނަތެކެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ހުކުރު ދުވަހު ހިނައިގަނެ، އަވަހަށް މިސްކިތަށް ހިނގާފައި ގޮސް، އިމާމާ ކައިރިވެ، ޚުޠުބާއަށް ކަނުލައި އަޑުއަހައިފި މީހާއަށް އެ އަހަރު ދުވަހުގެ ރޯދައާއި ނަމާދުގެ ސަވާބު ލިބޭނެއެވެ.

މިސްވާކު ކުރުން އަދި ހުވަނދު ލުން: ހުކުރު ދުވަހު މިސްވާކު ކުރުމަކީ ހަތަރު މަޒުހަބުގެ އިއްތިފާޤުން ސުންނަތް ކަމެކެވެ. އަދި ފިރިހެނުންނަށް ހުވަނދު ލުމަކީވެސް ސުންނަތް ކަމެކެވެ.

ރީތި ހެދުން ލުން: ހުކުރު ދުވަހު އެންމެ ރީތި އަދި ސާފު ހެދުން ލުމަކީ ސުންނަތެކެވެ. ޝާފިޢީ އަދި ޙަނަފީ މަޒުހަބުގައި ހުދު ކުލައިގެ ހެދުން ލުން އެންމެ މާތްކަމުގައި ބުނެފައިވެއެވެ.

އެހެނިހެން މުހިންމު ސުންނަތްތައް: - ހުކުރު ނަމާދަށް އަވަހަށް ދިއުން - ނަބިއްޔާ ﷺ އަށް ޞަލަވާތް ކިޔުން - ސޫރަތުލް ކަހްފު ކިޔެވުން (ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެ ހުކުރުގެ ދެމެދުގައިވާ ފާފަތައް ފުއްސެވޭނެކަމަށް ވަނީ ޙަދީޘް ކުރައްވާފައެވެ.)

މީގެ އިތުިރުން ދުޢާ ކުރުން ގިނަ ކުރުން ވެއެވެ. މިކަމުގެ ދަލީލަކީ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެކެވެ:

"ހަމަކަށަވަރުން ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ހުކުރު ދުވަހުގެ ވާހަކަ ދެއްކެވިއެވެ. އަދި ވިދާޅުވިއެވެ: އެ ދުވަހުގައި ވަގުތެއް ވެއެވެ. އެ ވަގުތު މުސްލިމު އަޅަކު ނަމާދުގައި ޤާއިމުވެ ހުރެ މާތްﷲ އަށް އެއްޗެއް އެދިއްޖެނަމަ، އެ އެދުނު އެއްޗެއް އޭނާއަށް ދެއްވާނެއެވެ. (އެބަހީ: އެ ވަގުތު މުސްލިމު އަޅަކު ނަމާދުގައި ޤާއިމުވެ ހުރެ މާތްﷲ އަށް އެއްޗެއް އެދިއްޖެނަމަ، އެ އެދުނު އެއްޗެއް އޭނާއަށް ދެއްވާނެއެވެ.) އަދި އަތްޕުޅުން އިޝާރާތްކުރައްވައި އެ ވަގުތު ކުޑަކަން ދައްކަވައިފިއެވެ."

ހުކުރު ދުވަހަކީ މުސްލިމުންނަށް ހެޔޮކަން ހޯދައިގަތުމަށް ލިބޭ ފުރުސަތެކެވެ. ހުކުރު ދުވަހު މިފަދަ މަގެއް ފަހިވެގެންވާއިރު އެ ފުރުސަތުގެ ބޭނުން ހިފައި ދުޢާ ކުރުމާއި ހެޔޮޢަމަލު ގިނަކުރުން ވެއެވެ.  

މި ލިޔުން ކިޔާލުމުން