ދުނިޔެ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 170 މީހުން މަރުވެއްޖެ: ދެބައިކުޅަ އެއްބަޔަކީ ކުޑަ ކުދިން

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 170 މީހުން މަރުވެއްޖެ: ދެބައިކުޅަ އެއްބަޔަކީ ކުޑަ ކުދިން

ޕާކިސްތާނުގައި ފެންބޮޑުވުން/ފޮޓޯ: ބީބީސީ

18 ޖުލައި 2025، 07:06

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 170 މީހުން މަރުވެ، މި ޢަދަދުގެ ދެބައިކުޅަ އެއްބަޔަކީ ކުޑަ ކުދިންކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައިވަނީ، ބޯކޮށް ވާރޭވެހި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށް އެ ޤައުމުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި، ފާއިތުވެދިއަ 24 ގަޑިއިރުތެރޭގައި އެކަނި ވެސް އެ ޤައުމުގައި 54 މީހުން މަރުވެގެން ވަނީ ރިޕޯޓުކޯށްފައެވެ. ހަމަ އެހެންމެ، ނިމިދިޔަ ޖޫން މަހުގެ 26 އިން ފެށިގެން މިއަދާއި ހަމައަށް މަދުވެގެން 85 ކުދިން މަރުވެފައިވާއިރު، މިހާރު ފެން ބޮޑުވުމުގެ ސަބަބުން ކުދިން ގެނބުމާއި، ފެނުގެ ޒަރިއްއާއިން ފެތުރިގެންދާ ބަލިތައް ފެތުރެން ފަށާފައިވާކަމަށް އެ ޤައުމުން ބުނެއެވެ.

މީގެ އިތުރުން، ފެންބޮޑުވެގެން ދިއުމުގެ ސަބަބުން ގެތަކާއި މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް އެ ސަރަޙައްދުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ހަމަ މިއާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް ޕާކިސްތާނުގެ އެކިސަރަޙައްދަށް 100 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ޕާކިސްތާނުގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޕާކިސްތާނު ސަރުކާރުން އަންނަނީ، މި ކާރިސާއާ ގުޅިގެން އެ ޤައުމުގައި ޙާލުގައި ޖެހިފައިވާ މީހުންނަށާއި އެކިކަހަލަ ގެއްލުންތައް ވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS