ޚަބަރު
އާއިލާ މީހަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

މޯލްޑިވްސް ޕޮލިސް ސާރވިސް---

ފަރުދުން
18 ޖުލައި 2025، 07:38
18 ޖުލައި 2025، 07:38
އާއިލާ މީހަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ދެކުނުގެ ރަށެއްގައެވެ. އެއީ ގ.އ.، ގ.ދ.، ޏ އަދި އައްޑޫ ހިމެނޭހެން، އެ އަތޮޅުތަކުގެ ރަށެއްގައެވެ. ފުލުހުން ބުނީ މި މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއްކަމުން، އެ ކުއްޖާގެ ސަޙްސު ރައްކާތެރިކުރުމަށް، އެ ކުއްޖާ ނިސްބަތްވާ ސީދާ އަތޮޅާއި ރަށް ހާމަނުކުރީ ކަމަށެވެ.
އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށްފައިވަނީ އެ ކުއްޖާގެ ބޮޑުބޭބެއަކަށް ކަމަށް، މި ނޫހަށް ވަނީ އެނގިފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 12:30 ހާއިރެވެ. އަދި އެ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން މި މައްސަލައިގެ ތަޙުޤީޤު ފަށާފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.