Ads by Stelco

ޚަބަރު

މައިކަލް އޯވެންއާއެކު އަވާނި ފަރެސްގައި ކުޑަކުދިންގެ ފުޓްބޯޅަ ކޭމްޕެއް

މައިކަލް އޯވެންއާއެކު އަވާނި ފަރެސްގައި ކުޑަކުދިންގެ ފުޓްބޯޅަ ކޭމްޕެއް

އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓް ފޮޓޯ: އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 06:05

19 ޖުލައި 2025، 06:05

އިނގިރޭސި ސްޓްރައިކާ އަދި ރެއާލް މެޑްރިޑާއި މެންޗެސްޓާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައިކަލް އޯވެން އާއެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެއެވެ. މި ކޭމްޕް ބާއްވާނީ އަންނަ އޮކްޓޫބަރު މަހުގެ 20 އިން 24 އަށް، ބ. އަތޮޅުގައި ހުންނަ އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުގައެވެ.

ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ފުޓްބޯޅަ ކޭމްޕަކީ، އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުން އިންތިޒާމުކޮށްގެން އެ ރިސޯޓުގައި ބާއްވާ ކޭމްޕެކެވެ. މި ކޭމްޕްގައި ފުޓްބޯޅައިގެ ހުނަރުތަކާއި އުކުޅުތައް ކުޑަކުދިންނަށް ދަސްކޮށްދެވޭނެއެވެ. 4 އަހަރުން ފެށިގެން 15 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ މި ކޭމްޕަކީ، އެ ރިސޯޓުން ކުޑަކުދިންނަށް އިންތިޒާމުކުރާ މިފަދަ ފުރަތަމަ ފުޓްބޯޅަ ކޭމްޕެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މައިކަލް އޯވެން އަކީ، މީގެ ކުރިން ލިވަޕޫލް، ރެއާލް މެޑްރިޑް، އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ދުނިޔޭގެ މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ ކުރީގެ ސްޓްރައިކަރެކެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑްވެސް ހާސިލްކޮށްފައެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން