Ads by Stelco

ޚަބަރު

ތ. ގުރައިދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ތ. ގުރައިދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ތ.ގުރަައިދޫގައި ނަމާދު މަތިވެރިކުރުން ޕްރޮގްރާމް ކުރިއަށްގެންދަނީ. ފޮޓޯ: ގުރައިދޫ ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖުލައި 2025، 01:12

20 ޖުލައި 2025، 01:12

ތ. ގުރައިދޫގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގުރާމްތަކުގައި ގުރައިދޫ ސްކޫލްގެ ދަރިވަރުންނާއި، މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ. ޕްރޮގުރާމްގެ ދަންފަޅިތައް ކުރިއަށް ގެންގޮސްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަބްދުﷲ މިފްޒާލް އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި ރިސާލަތު ޕްރޮގުރާމަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމަކީ މިއަހަރު އަލަށް ތަޢާރަފުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށާއި، މި ޕްރޮގުރާމްގެ މައިގަނޑު މަޤްޞަދަކީ ނަމާދަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުން ކަމުގައި ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރޮގުރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ޕްރޮގުރާމްތަކަކީ މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރިވެތި އަޚްލާޤު އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮގުރާމްތަކެއް ކަމުގައި ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން