Ads by Exprox

ޚަބަރު

ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސެންސް އައުކުރުން ތިން މަހަށް ފަސްކޮށްފި!

ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސެންސް އައުކުރުން ތިން މަހަށް ފަސްކޮށްފި!

ޞިއްޚީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިންގ. ފޮޓޯ: ރާއްޖެ އެމްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 03:14

27 އޯގަސްޓު 2024، 03:14

ހުލާސާ


ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސެންސް އައުކުރުން ތިން މަހަށް ފަސްކޮށްފިއެވެ.

މިދިޔަ ހަފުތާގައި ތަންފީޒުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އައު ޤާނޫނުގެ ދަށުން، މިހާރު ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ކާބޯތަކެތީގެ ވިޔަފާރިތަކުގެ ހުއްދަ އައުކުރުމުގެ މުއްދަތު ގާތްގަނޑަކަށް ތިން މަސްދުވަހަށް ލަސްކޮށްދިނުމަށް ނިންމައިފައިވަނީ މިއަދުއެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، އައު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީގައި ނުވަތަ އެހެން އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު އަންނަ ނޮވެމްބަރު 23 އާ ހަމައަށް އިތުރުކޮށްދީފައިވާކަމަށެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އަލަށް ހުއްދައަށް އެދޭ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުން ޚިދުމަތަށް އެދި ހުށައަޅާނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން، ކާބޯތަކެއްޗާއި ބޯފެން އުފައްދާ ފެކްޓަރީތައް ރަޖިސްޓަރީކުރުމާއި، އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ދަފްތަރުކުރުން ކުރިއަށް ގެންދާނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމަށްވެސް އެމްއެފްޑީއޭ އިން ފާހަގަކޮށްފައިވެއެވެ.

ކާބޯތަކެތީގެ ސަލާމަތާ ބެހޭ ޤާނޫނުގެ ދަށުން ވަރުގަދަ ބާރުތަކަކާއެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން އުފެއްދީ މިދިޔަ ހަފްތާގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco