ކުޅިވަރު

ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް: ދިވެހިރާއްޖެ އިންޑޮނޭޝިއާ މައްޗަށް މޮޅުހޯދައިފި

ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް: ދިވެހިރާއްޖެ އިންޑޮނޭޝިއާ މައްޗަށް މޮޅުހޯދައިފި

ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޮކްޓޯބަރު 2024، 11:44

20 އޮކްޓޯބަރު 2024، 11:44

ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ފަށައިގަތުމުގެ ގޮތުން އިއްޔެ ކުޅުނު މެޗުގައި އިންޑޮނޭޝިއާގެ މައްޗަށް 23 ރަންގެ ތަފާތުން މޮޅު ހޯދައިފިއެވެ.

ބޫޓާންގެ ފުރަތަމަ ބައިނަލްއަޤްވާމީ ކްރިކެޓް ދަނޑު ރަސްމީކޮށް ހުޅުވުމުގެ މުނާސަބަތުގައި ބޭއްވޭ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މޮޅުވެފައިވަނީ ޑަކްވަރތް-ލުއިސް-ސްޓަރން (ޑީއެލްއެސް) މެތަޑުގެ ދަށުންނެވެ. މި މުބާރާތުގައި ވާދަކުރަނީ ބޫޓާން، ދިވެހިރާއްޖެ، އިންޑޮނޭޝިއާ އަދި ތައިލެންޑުގެ ޤައުމީ ޓީމުތަކެވެ.

މި މެޗުގެ ގުރުއަތުން އިންޑޮނޭޝިއާއަށް ފުރަތަމަ ކުޅުމުގެ ފުރުޞަތު ލިބުނެވެ. އެހެންނަމަވެސް، 19.2 އޯވަރުގެ ތެރޭގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން އައުޓްވެ، އިނިންގްސް ނިމުނީ 95 ރަންސްގައެވެ. އިންޑޮނޭޝިއާ ޓީމުން އެންމެ މޮޅު ޕަފޯމަންސްއެއް ދެއްކީ 25 ރަންސް ހޯދި ޖުލަން ޒުލްފިކަރް އާއި 23 ރަންސް ހޯދި އަހުމަދު ރަމަދޯނީއެވެ. ދިވެހިރާއްޖޭގެ ބޯލަރުންގެ ތެރެއިން ޝުނާން އަލީ ހަތަރު ވިކެޓް ނެގިއިރު، ލީމް ޝަފީގް ތިން ވިކެޓް ނެގިއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު ދިވެހިރާއްޖެ ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ތައިލެންޑާއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު ބުދަ ދުވަހު ކުޅޭނެއެވެ. ތިންވަނަ ޖާގައަށް ވާދަކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.
                    


                    

މި ލިޔުން ކިޔާލުމުން