Ads by Stelco

ޚަބަރު

ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފި

ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފި

ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތުގައި އެޗްޑީސީގެ އެމްޑީ ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

23 ޖުލައި 2025، 08:43

23 ޖުލައި 2025، 08:43

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއްޔެ ފަށައިފިއެވެ. މި ހަރަކާތަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)އާ ގުޅިގެން އެޗްޑީސީން ކުރިޔަށް ގެންދާ ހަރަކާތެކެވެ. 

މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރެވެ. 

އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެއެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމެވެ. އަދި މި ހަރަކާތުގެ ތެރޭގައި އެ ކުންފުނީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަޤުސަދު ވެސް ހިމެނޭކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭގެ އިސްވެރިން އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ އިއްޔެ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. 

މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ.  

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.

އެޗްޑީސީއިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS