ޚަބަރު
އައު ޓާމިނަލް ހުޅުވުމުގެ މުނާސަބާގެ އުފަލުގައި އެޗްޑީސީީގެ ޚާއްސަ ފަރިވަޅެއް

އެޗްޑީސީއިން އެމްއޭސީއެލްއަށް ފަރިވަޅު އަރުވަނީ

ފަރުދުން
24 ޖުލައި 2025، 01:46
24 ޖުލައި 2025، 01:46
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ފަރިވަޅު އަރުވައިފިއެވެ.
އެޗްޑީސީ އިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ އެކުންފުނިން މި ފަރިވަޅު ތައްޔާރުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު ޓާރމިނަލް ބިނާ ކުރުމުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އެޗްޑީސީ އިން ވަނީ އެމްއޭސީލްގެ އެމްޑީ އިބްރާހީމް ޝަރީފަށް ފަރިވަޅު އަރުވާފައެވެ.
އެޗްޑީސީ އިން ބުނީ ރާއްޖެއިން ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު އެޗްޑީސީ އިން އެމްއޭސީއެލްގެ މި ކާމިޔާބީއާއި ދޭތެރޭ ފަޚުރުވެރިވާ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ގިނަ ތައްޔާރީތަކެއް އެއަރޕޯޓުން ދަނީ ވަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ އެކި ކަންކަން ޓެސްޓުކޮށް ގިނަ ޓްރިއަލްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާގައި، ޖުލައި 26 ގައެވެ.