ޚަބަރު
ނޮވެމްބަރު 10 ވާ އާދީއްތަ ދުވަސް ސަރުކާރު ބަންދު!
ރައީސް އޮފީސް. ފޮޓޯ:ރައީސް އޮފީސް
ނޮވްމެބަރު 10 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރަައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިކަމާއި ގުޅިގެން ބުނެފައިވަނީ، މިދުވަސް ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ޖުމްހޫރީ ދުވަސް ކަމަށްވާ 11 ނޮވެމްބަރު ސަރުކާރު ބަންދު ދުވަހަކަށް ވެފައި، 10 ނޮވެމްބަރު 2024 ރަސްމީ ދުވަހަކަށް ކަލަންޑަރުގައި ވާގޮތުން ދިމާވާތީއެވެ. އަދި އެދުވަސް ބަންދު ކޮށްފައިވަނީ ޗުއްޓީ އަށް މެދުކެނޑުމެއްނެތި މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުމްހޫރީ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ޖުމްހޫރީ ދުވަސް ރަސްމީކޮށް ފާހަގަ ކުރަން ފަށައިފައިވަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަން ފެށުނު ފެށުމާއި އެކުއެވެ. އެއީ 11 ނޮވެމްބަރު 1968 އެކެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެެއްގެ ގޮތުގައި ރާއްޖޭގެ ރައީސް ކަމުގެ ހުވައި ކުރައްވައިފައިވަނީ ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރެވެ.