Ads by Stelco

ޚަބަރު

ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވި ހާދިސާގައި ފިހުނު މީހެއް، ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޖުލައި 2025، 06:35

27 ޖުލައި 2025، 06:35

އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ މީހަކު ފިހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ 08:45 ހާއިރެވެ. އަދި މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ދެ ބިދޭސީއަކަށްކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. 

ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް އެމީހުން ގެންގޮސްފައި ވަނީ މާޅޮހު ސިއްޙީ މަރުކަޒަށެވެ. ނަމަވެސް އިތުރު ފަރުވާ ދޭންޖެހޭތީ އެ ދެ މީހުން ވެސް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރެއެވެ.

މި ހާދިސާ ހިނގާފައިވަނީ، މާޅޮހުގައި ވެލި ނަގަން ދިއުމަށް ބޭނުންކުރާ "ނަސްރު 7" ނަމަކަށް ކިޔާ ދޯންޏެއްގައެވެ. "މިހާރު"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ މީހުން ވެސް ނިސްބަތްވަނީ އިންޑިއާއަށެވެ. އަދި އެ މީހުންގެ އުމުރަކީ 40 އަހަރާއި 33 އަހަރެވެ.

ފިހުނު ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ކަމާގުޅުންހުރި އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

މީގެ އިތުރުން، މި ހާދިސާގައި އެ ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް، އެ ދޯނީގެ ވެރިފަރާތާ ހަވާލާދީ ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން