Ads by Stelco

ޚަބަރު

އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ބިންހެލުމެއް އަތުވެއްޖެ

ބިން ހެލުން އައި ނިކޮބާ އައިލެންޑް ހިމެނޭ ސަރަޙައްދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޖުލައި 2025، 06:27

29 ޖުލައި 2025، 06:27

އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސްއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. 

މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ރޭގެ 11:40 ހާއިރެވެ. 

ބިންހެލުމާ ގުޅިގެން އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ)އިން ހާމަކުރި މަޢުލޫމާތުގައި ބުނީ،  މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށް ކަމަށާއި އަދި މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ޤައުމަކަށް ނުރައްކަލެއް ނެތްކަމަށެވެ.

އެހެންކަމުން މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ. 

އާންމުކޮށް ބިންހެލުން އަންނަ ނިކޮބާ އައިލެންޑްސްއަށް ރޭގެ ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމަކަށް އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ. 



މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2،215 ކިލޯމީޓަރު ދުރުން 6.2 މެގްނިޓިއުޑްގެ ބާރުމިނުގައިކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ. 

ނަމަވެސް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މި ބިންހެލުމުގެ އިޙުސާސްތައް ކުރެވުނުކަމަށް ސޯޝަލް މީޑިއާގައި އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން