Ads by Stelco

ޚަބަރު

ބިން ހެލުމުގެ ލޮޅުން އިޙުސާސް ވިޔަސް ސުނާމީގެ ނުރައްކަލެއް ނެތް: މީޓިއޮރޮލޮޖީ

ބިން ހެލުމުގެ ލޮޅުން އިޙުސާސް ވިޔަސް ސުނާމީގެ ނުރައްކަލެއް ނެތް: މީޓިއޮރޮލޮޖީ

ބިންހެލުން އައި ނިކޮބާރ އައިލެންޑްސް ދަރަޙައްދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޖުލައި 2025، 07:42

29 ޖުލައި 2025، 07:42

އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސްއަށް އައި ބިންހެލުމުގެ އިހުސާސް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ކޮށްފައިވީނަމަވެސް، މިކަމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.

ރޭގެ 11:40 ހާއިރު އައި މި ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް މި ބިންހެލުމުގެ ލޮޅުން އިޙުސާސް ކުރެވިގެން މީޓިއޮރޮލޮޖީއަށް އެކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ. 

އަދި ގދ. ކާޑެއްދޫގައި ޤާއިމްކޮށްފައި ހުންނަ ސުނާމީ ވާރނިން މީޓަރަށް ބިންހެލުން ރެކޯޑު ކުރެވިފައިވާކަމަށް ވެސް މީޓިއޮރޮލޮޖީއިން ވަނީ ހާމަކޮށްފައެވެ. 



ނަމަވެސް މިކަމުގެ ސަބަބުން ސުނާމީގެ އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާނުކުރެވޭކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. 

ބިންހެލުމާ ގުޅިގެން އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ)އިން ރޭ ހާމަކުރި މަޢުލޫމާތުގައި ބުނީ،  މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށް ކަމަށާއި އަދި މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ޤައުމަކަށް ނުރައްކަލެއް ނެތްކަމަށެވެ. 

އަދި ބިންހެލުން އައި ނިކޮބާ އައިލެންޑްސްއަށް ވެސް އެއްވެސް ގެއްލުމެއް ލިބުނު ކަމަކަށް އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2،215 ކިލޯމީޓަރު ދުރުން 6.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން