Ads by Stelco

ޚަބަރު

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ހުދު ސަމާލު

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ހުދު ސަމާލު

ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ، ފޮޓޯ: ސަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޖުލައި 2025، 07:30

30 ޖުލައި 2025، 07:30

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކުރި މަޢުލޫމާތުގައި ބުނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ. 

އެހެންކަމުން އިއްޔެ މެންދުރުފަހު 2 ޖެހިއިރު ނެރުނު ހުދު ސަމާލު ވަނީ މިއަދުގެ މެންދުރުފަހު 1:00 އާ ހަމައަށް ދަންމާލާފައެވެ. 



އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިދިޔަ ހޯމަ ދުވަހު ހާމަކޮށްފައެވެ. މިކަމާ ގުޅިގެން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހޯމަ ދުވަހު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަޙައްދަށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޚާއްސަކޮށް ބުދަ އަދި ބުރާސްފަތި ދުވަހު ވައި ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން