ދުނިޔެ
ބާރުގަދަ ބިންހެލުމަކަށްފަހު 13 ފޫޓުގެ ސުނާމީއެއް ރަޝިއާއަށް އަރައިފި

ރަޝިއާގެ އުތުރުގެ ބޮޑު ސަރަޙައްދަކަށް ވަނީ ސުނާމީގެ ސަބަބުން ގެއްލުންވެފައި---
ރަޝިޔާގެ ދުރު އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާއަށް އައި 8.8 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމަކަށްފަހު 13 ފޫޓުގެ ސުނާމީއެއް އަރައިފިއެވެ.
މިއީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ 6 ވަނަ އެންމެ ބާރުގަދަ ބިންހެލުންކަން ވެސް ރިޕޯޓުތައް ބުނެއެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ އުތުރުން ބިންހެލުން އައި ސަރަޙައްދަށް ވަނީ ލޮނުގަނޑު އަރާފައެވެ. އަދި މި ލޮނުގަނޑާއެކު، ކުނިބުންޏާއި ބޮޑެތި ކޮންޓެއިނަރ ފަދަ ތަކެތި ވެސް ރަށުތެރެއަށް ގޮސްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އެ ސަރަޙައްދު ދައްކުވައިދޭ ޑްރޯން ފޫޓޭޖްތަކުން ފެންނަ ގޮތުގައި, ބާރު ސްޕީޑުގައި އެރި ރާޅުތަކުގެ ސަބަބުން ސެވެރޯ-ކުރިލްސްކް ޑިސްޓްރިކްޓްގެ ސިނާއީ އިންފްރާސްޓްރަކްޗާrތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
މި ބިންހެލުމުގެ ސަބަބުން ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކަކަށް ސުނާމީ އަރާނެކަމަށް ބެލެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުތަކުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ގޮވާލާފައެވެ.
ދެކުނު އެމެރިކާގެ އިތުރުން އޭޝިއާގެ ބައެއް ޤައުމުތަކަށް ވެސް ސުނާމީގެ އިންޒާރު ވަނީ ލިބިފައެވެ. އެގޮތުން ޖަޕާނުގެ ސަރަޙައްދަކުން 1.9 މިލިއަން މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ އެ ޤައުމުގެ ސަރުކާރުން ފަށާފައެވެ.