ދުނިޔެ
އިސްރާއިލްގެ އުޅަނދުތަކަށް ޤައްސާމުން ހަމަލާ ދިނުމުން، އިސްރާއިލް ސިފައިންނަށް ބޮޑު ގެއްލުމެއް
އަނިޔާވި އިސްރާއިލް ސިފައިންގެ މީހަކު ގެންދަނީ---
ހުލާސާ
ޚާން ޔޫނިސްގައި އިސްރާއިލްގެ ޢަސްކަރިއްޔާ އުޅަނދުތަކަށް ހަމާސްގެ ހަނގުރާމަވެރި ވިންގް ކަމުގައިވާ އަލް ޤައްސާމުން ހަމަލާދިނުމުގެ ސަބަބުން މަރުވި އަދި ޒަޚަމްވި އިސްރާއިލް ސިފައިންގެ ޢަދަދު އިތުުރުވެއްޖެއެވެ.
ހަމާސްގެ އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑުން ބުނެފައިވާ ގޮތުގައި، އިއްޔެގެ ކުރީ ދުވަހު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި އިސްރާއިލްގެ އުޅަނދުތަކަށް ދިން ހަމަލާއެއްގައި އިސްރާއިލް ސިފައިންގެ ގިނަ ބަޔަކު މަރުވެ އަދި ޒަޚަމްވެފައިވެއެވެ.
އަލް-ޤައްސާމުން ހާމަކުރި ގޮތުގައި ޚާން ޔޫނިސްގެ "އަލް-ބަޠުން އަލް-ސަމީން" ސަރަޙައްދުގެ ދެކުނުގައި އެއްތަނަކަށް ޖަމާވެފައި ތިބި އިޒްރޭލު އުޅަނދުތަކަށް އަމާޒުކޮށް ތިން ބެރެލް ބޮން ގޮއްވާލައި، އޭގެ ސަބަބުން ސިފައިން މަރުވެ އަދި ޒަޚަމްވެފައިވެއެވެ.
މީގެ ކުރިން، އިސްރާއިލްގެ ހަނގުރާމަވެރި އުޅަނދުގެ ދެ އުޅަނދަކަށް ހަމަލާދީ، އެ އުޅަނދުތައް އަނދައިގެން ދިޔުމަށްފަހު، ޚާން ޔޫނިސްގެ އަބްސާން އަލް-ކަބީރާގައި ތިންވަނަ އުޅަނދަކަށް ޔާސީން 105 މިސައިލްއަކުން ހަމަލާދިން ކަމަށް ޤައްސާމުން ބުނެފައިވެއެވެ.
އިސްރާއިލް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ޚާން ޔޫނިސްގައި އިސްރާއިލް ބާރުތަކަށް މުޤާވަމާއިން ދިން ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، ސިފައިންގެ ސަލާމަތަށްޓަކައި ދުޢާކުރުމަށް އިސްރާއިލް ރައްޔިތުންނަށް ގޮވާލާފައިވެއެވެ.
އިސްރާއިލް ސިފައިންގެ ސެންސަރޝިޕްގެ ދަށުން މި ހަމަލާގެ ތަފްސީލުތައް ހާމަނުކުރި ނަމަވެސް، "ނަމިރު" ބާވަތުގެ އުޅަނދަކަށް ބޮމުގެ ހަމަލައެއްދީ ގޮއްވާލެވުނު ކަމަށާއި، މަދުވެގެން 4 ސިފައިން މަރުވެ، އެހެން ބަޔަކު ނުރައްކާތެރި ހާލަތުގައި ޒަޚަމްވެފައިވާ ކަމަށް އިސްރާއިލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މަރu
30/07/2025 21:22
އެބައިގަޑު މަރާހުސްކިރަންވީ އިސްލާމުންނައް ހަމަލާދީ އަންހެނުންނާ ކުޑކުދިންމަރާ ހުސްކުރާ އިޔާހޫދީ ބައިގަޑު މަރާ ހުސްކުރަންވީ އިސްތާއީލުގެ ބޮޑުވަޒީރު ޔަޔަންޔާހޫއާ އޭނަގެ ބައިވެރިން ތަޅާމަރީހުސްކޮއް އިސްރާއީލޭ ކިޔާބިން ފަލަސްތީނުގެ ބެލުމޫގެ ދަށައްގެންދަންވI
އަބްދުﷲސައީދު
31/07/2025 06:37
އިންޝާﷲ!ތިޔަ ނުބަި ނުލަފާ ޒަޔަނިސްޓުންބަލިކުރައްވައި ފަލަސްތީނުގެ ހިތަވަރުގަދަ މުސްލިމް އަޚުންނަށް ކާމިޔާބު މިނވަރު ކުރައްވާށި އެވެ . އާމީން
ޝިޔާމަ
31/07/2025 11:22
އަދިވެސް ބޮން އަޅަންވީ