Ads by Exprox

ޚަބަރު

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި!

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި!

ރައީސްގެ ދެކަނބަލުން ދަތުރުފުޅެއްގައި ފުރައިވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 03:56

27 އޯގަސްޓު 2024، 03:56

ހުލާސާ

ރައީސް ޑރ މުޢިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރައިވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ދެދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. 

ރައީސް ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ރޭ ފުރައި ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސްގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް ޑރ.މުއިއްޒުގެ މިދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައިވެއެވެ. 

 އެގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ ދެ ބޭނުންފުޅެއްގައި ކަމަށެވެ. އެއީ ފުޓުބޯޅަ ކުޅުއްވަމުން ދަނިކޮށް ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން ޑޮކްޓަރުންގެ ދެވަނަ ޚިޔާލެއް ހޯއްދެވުމަށާއި، ދެ އަހަރު ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން އާންމު ޗެކަޕެއް ހެއްދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީގެ ދެތިން ރޭ ކުރިން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް، ސޯޝަލް މީޑިއާގައި ފެތުރިފައިވާ ޚަބަރުތަކާ ޚިލާފަށް، އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގެންނެވީ ފާޚާނާއަށް ވެއްޓިވަޑައިގެންނެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ރޭވިފައިވާ ދަތުރުފުޅެއްކަމަށް ރައީސް ހާމަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco