ދުނިޔެ

ޣައްޒާގައި ޝަހީދުވި 18،500+ ކުޑަކުދިންގެ ނަމާއި ޢުމުރު ޢާންމުކޮށްފި

ޣައްޒާގައި ޝަހީދުވި 18،500+ ކުޑަކުދިންގެ ނަމާއި ޢުމުރު ޢާންމުކޮށްފި

"ވޮޝިންގޓަން ޕޯސްޓް" އިން އިއްޔެ ޝާއިޢުކުރި ލިސްޓު

farudhun logo

ފަރުދުން

31 ޖުލައި 2025، 11:34

31 ޖުލައި 2025، 11:34

ހުލާސާ

  • ޣައްޒާގައި މިހާތަނަށް ޝަހީދުވި 18،500+ ކުޑަކުދިންގެ ނަމާއި ޢުމުރު ޢާންމުކޮށްފި
  • އެމަޢުލޫމާތު ހިމެނޭ ލިސްޓު "ވޮޝިންގޓަން ޕޯސްޓް" ވެބްސައިޓުގައި ފެންނަން ހުންނާނެ

އޮކްޓޫބަރު 7 ގެ ފަހުން، މެދުކެނޑުމެއް ނެތި، ގާތްގަނޑަކަށް ގަޑިއަކު ކުއްޖެއްގެ މަގުން ޣައްޒާގެ ކުޑަކުދިން އިޒްރާއީލުގެ ޙަމަލާތަކުގައި ޝަހީދުވަމުން ދެއެވެ. އަދުގެ ތާރީޚާ ހަމައަށް 18،500 އަށް ވުރެ ގިނަ ކުޑަކުދިން  ޣައްޒާގައި ޝަހީދުވެފައިވާ އިރު، މިއެންމެހައި ކުދިންގެ ނަންތަކާއި ޢުމުރުތައް "ވޮޝިންގޓަން ޕޯސްޓް" އިން އިއްޔެ ޝާއިޢުކޮށްފިއެވެ. ފޮޓޯ ލިބޭން ހުރި ކުދިންތަކުގެ ފޮޓޯތައް ވެސް ހިމަނާފައިވެއެވެ.



ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ފަލަސްޠީނާއި އިޒްރާއީލާ ދެމެދު ކުރިއަށް ދާ ހަނގުރާމައިގައި މިހާތަނަށް 60،000 އަށް ވުރެ ގިނަ ފަލަސްޠީނީން ޝަހީދުވެފައިވާ އިރު، މިޢަދަދުގައި 18،592 ކުޑަކުދީންނާއި 9،782 އަންހެނުން ހިމެނެއެވެ. ޔުނިސެފް ގެ އެގްޒެކުޓިވް ޑިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ 2 އަހަރެއް ހައި މުއްދަތުގައި، ކޮންމެ ދުވަހަކުމެ ގާތްގަނޑަކަށް 30 ކުޑަކުދިން ޣައްޒާގައި ޝަހީދުވަމުނެ ދިޔައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސް ޙިސާބުތަކުގައިވާ ކުޑަކުދީންގެ މަޢުލޫމާތު "ވޮޝިންގޓަން ޕޯސްޓް" އިން ޢުމުރު ފުރާ ތަކަށް ބަހާލިއިރު:

  • 1 އަހަރު ނުފުރެނީސް ޝަހީދުވި ކުދިންގެ ޢަދަދު: 953
  • ޢުމުރުން 1 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 943
  • ޢުމުރުން 2 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 972
  • ޢުމުރުން 3 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 899
  • ޢުމުރުން 4 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 868
  • ޢުމުރުން 5 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 985
  • ޢުމުރުން 6 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 924
  • ޢުމުރުން 7 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 967
  • ޢުމުރުން 8 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 895
  • ޢުމުރުން 9 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 921
  • ޢުމުރުން 10 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 907
  • ޢުމުރުން 11 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 976
  • ޢުމުރުން 12 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 1001
  • ޢުމުރުން 13 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 1084
  • ޢުމުރުން 14 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 1132
  • ޢުމުރުން 15 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 1064
  • ޢުމުރުން 16 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 1212
  • ޢުމުރުން 17 އަހަރުގައި ޝަހީދުވި ކުދިންގެ ޢަދަދު: 1218

ޖުމުލަ ޢަދަދު: 17,921.

މިއީ ޖުލައި މަހު 15 ވަނަ ދުވަހުގެ ނިޔަލަށް އިޢުލާންކުރި ތަފާސް ޙިސާބުކަތުގެ މައްޗަށް ބިނާކޮށް ލިބުނު ޢަދަދުތަކެކެވެ. ޝަހީދުވި ކުޑަކުދިންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 18،590 އަށް ވުރެ މަތީގައެވެ. ޖުލައި 29 ގެ ތަފާސް ޙިސާބުތަކުން ދައްކާ ގޮތުގައި، ފަލަސްޠީނުގައި ޝަހީދު ވެފައިވާ ފަރާތްތަކުގެ ޖުމުލަ ޢަދަދުގެ 31% އަކީ 18 އަހަރުން ދަށުގެ ކުޑަކުދީންނެވެ.

ޣައްޒާގައި ޝަހީދުވަމުންދާ މަޢުޞޫމު ކުޑަކުދިންނާ މެދު ސުވާލުވެވުމުން، އިޒްރާއީލުގެ ސިފައިން ބުނީ އެމީހުންގެ ޙަމަލާތަކުން ކުޑަކުދީންނަށް ނުވަތަ ޢާންމު ރައްޔިތުންނަށް ޤަޞްދުގައި އަމާޒު ނުކުރާ ކަމަށެވެ. މިކަމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއް ގޮތަށް ޢަމަލު ކުރަމުން ދާ ކަމަށް އެމީހުން ދަޢުވާ ކޮށްފައިވާ އިރު، މިދަޢުވާއާ ޚިލާފު އެތައް ކަމެއް އެމީހުންގެ ޢަމަލުތަކުން އަދިވެސް ފެންނަމުން ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން