Ads by Stelco

ޚަބަރު

އެޗްޑީސީގެ ޑީއެމްޑީ ފަޔާޒު މަންސޫރު ވެސް އިސްތިއުފާ ދެއްވައިފި

އެޗްޑީސީގެ ޑީއެމްޑީ ފަޔާޒު މަންސޫރު ވެސް އިސްތިއުފާ ދެއްވައިފި

އެޗްޑީސީގެ ކުރީގެ ޑީއެމްޑީ ފަޔާޒު މަންސޫރު ފޮޓޯ:އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖުލައި 2025، 12:06

31 ޖުލައި 2025، 12:06

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުންފުނި ހިންގުމުގައި ދެ ވަނައަށް އިސްކޮށް ހުންނެވި ފަޔާޒު މަންސޫރު  މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ފަޔާޒް އިސްތިޢުފާ ދެއްވާފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމުން މައުރޫފު ޖަމީލް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ފަޔާޒު އިސްތިއުފާ ދެއްވީ، މައުރޫފު ޖަމީލް އިއްޔެ މަގާމުން ދުރަށް ވަޑައިގަތުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި، ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. ފަޔާޒު މަންސޫރު އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި ފަޔާޒު ކުރިން ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

ކުރީގެ މިނިސްޓަރު މައުރޫފު ޖަމީލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުން އެންގުމަށްފަހު އެވެ. އެނގިފައިވާ ގޮތުގައި މައުރޫފު ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނީ އަންނަ މަހުގެ 18 ގަ އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނި ކަމަށްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހެއިރު ވަނީ ހަމަޖައްސައިފަ އެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS