Ads by Stelco

ޚަބަރު

އެޗްޑީސީގެ ޑީއެމްޑީގެ މަޤާމަށް އަސްބާހު ޢައްޔަނުކޮށްފި

އެޗްޑީސީގެ ޑީއެމްޑީގެ މަޤާމަށް އަސްބާހު ޢައްޔަނުކޮށްފި

މުހައްމަދު އަސްބާހު އަލީ ނަސީރު/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޯގަސްޓު 2025، 03:00

03 އޯގަސްޓު 2025، 03:00

ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުހައްމަދު އަސްބާހު އަލީ ނަސީރު ޢައްޔަނުކޮށްފިއެވެ.

އެޗްޑީސީން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޑީއެމްޑީގެ މަޤާމަށް އަސްބާހު ޢައްޔަނުކޮށްފައިވާކަން ހާމަކުރައްވާ، އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މުހައްމަދު އަސްބާހު އަލީ ނަސީރަކީ މީގެކުރިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު މިދިޔަ ބުރާސްފައި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަލީލު ވެސް ވަނީ މިފަހުން އިސްތިއުފާ ދެއްވައިފައެވެ.

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް އިސްތިއުފާ ދިނުމުން އެމަޤާމަށް އައްޔަނުކުރީ އާރްޑީސީގެ އެމްޑީގެ މަޤާމުގައި ކުރިން ހުންނެވި އަލީ ޒުހައިރު އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން