Ads by Exprox

ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު މަޤާމުން ވަކިކޮށްފި!

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު މަޤާމުން ވަކިކޮށްފި!

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އޮފީސް. ފޮޓޯ: ސަން މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 06:52

27 އޯގަސްޓު 2024، 06:52

ޓެކްސް އެޕީލް ޓަރައިބިއުނަލްގެ ހަތަރު މެމްބަރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދީފައިވާތީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެބޭފުޅުން މަޤާމުން ވަކިކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ވަކިކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު މުނައްވަރު ޢަލީ، ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ހުސައިން ޒައިދާން ޖަލީލް، އެ ޓްރައިބިއުނަލްގެ ދެ މެމްބަރުން ކަމުގައިވާ އަޙްމަދު އަޝްރަފް އަދި ޚަދީޖާ ނަޢީމެވެ.

 

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ އެއް މެމްބަރު ފިޔަވައި ހުރިހާ މެންބަރުން ވަކި ކުރުމަށެވެ.

މަޤާމުން ވަކިނުކޮށް މަޤާމުގައި ބެހެއްޓުމަށް ނިންމީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ.

މި މެންބަރުން ވަކިކުރުމަށް ރައީސް މުޢިއްޒަށް ލަފާއެރުވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މި ލަފައާއި އެއްގޮތަށް މަޤާމުން ވަކިކުރިކަން ރައީސް އޮފީހުން އިއްޔެ ވަނީ އެ ބޭފުޅުންނަށް އަންގާފައެވެ.

ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރަން ރައީސްއަށް ލަފާ އަރުވަން ފެންނަކަމަށް ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީއިން ބެލިބެލުމުގައި ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުޙައްޤުން މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭއިރު މި މައްސަލަ ބެލުމަށް އޭސީސީއަށްވެސް މިހާރު ވަނީ ހުށަހަޅައިފައެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco