Ads by Stelco

ޚަބަރު

ޕާކިސްތާނުގެ ބައިނަލްއަޤްވާމީ ކާޕެޓް މައުރަޒެއްގައި ދިވެހިއުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޕާކިސްތާނުގެ ބައިނަލްއަޤްވާމީ ކާޕެޓް މައުރަޒެއްގައި ދިވެހިއުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގައި ދިވެހީން އުފައްދާ " ތުނޑުކުނާ"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 06:38

03 އޯގަސްޓު 2025، 06:38

ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 41ވަނަ 'ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025' ގައި، ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 7 އިން 9 އަށް ޕާކިސްތާނުގެ ލާހޯރުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މައުރަޒުގައި ބައިވެރިވުމަށް ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ޕާކިސްތާނު ސަރުކާރުން ހިއްސާކޮށްފައިވާކަމަށެވެ. މި ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް އަދި އެޕްރޫވަލް ލިބޭ ފަރާތްތަކަށް، މައުރަޒު ބާއްވާ ލާހޯރުގެ ޕާލް ކޮންޓިނެންޓަލް ހޮޓެލްއިން 3 ރޭ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ޕާކިސްތާނު ސަރުކާރުން ކަނޑައަޅާ އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއްވެސް ފޯރުކޮށްދެވޭނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.

"ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން" އަކީ ޕާކިސްތާން ކާޕެޓް މެނުފެކްޗަރާރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (ޕީސީއެމްއީއޭ) އާއި ޓްރޭޑް ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް ޕާކިސްތާން (ޓީޑީއޭޕީ) ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ބޮޑު މައުރަޒެކެވެ. މިއަހަރުގެ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ޕާލް ކޮންޓިނެންޓަލް ހޮޓެލްގައެވެ.

ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި މައުރަޒުގައި، ކާޕެޓް އަދި ފްލޯރިންގ ސިނާޢަތުގެ އިތުރުން ހޭންޑް މޭޑް ކާޕެޓް އުފެއްދުންތެރިންނާއި އެކްސްޕޯޓަރުން އެ ފަރާތްތަކުގެ އަގުހުރި އުފެއްދުންތައް ސްޓޯލްތަކެއްގައި ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަފާތު އެކި ޑިޒައިންތަކުގެ ކާޕެޓްތަކާއި، ރަގްތަކާއި، ތަޅުންގަނޑުގައި އެޅުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު، 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން