Ads by Stelco

ޚަބަރު

ފައިގައި ޓެގު އަޅުވައި ދޫކޮށްލުމަށް 252 މީހުން ހުށައަޅާފައިވޭ: ޕީޖީ އޮފީސް

ފައިގައި ޓެގު އަޅުވައި ދޫކޮށްލުމަށް 252 މީހުން ހުށައަޅާފައިވޭ: ޕީޖީ އޮފީސް

ެިއިލެކްޓްރޯނިކް ޓެގް އަޅުވަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 07:03

05 އޯގަސްޓު 2025، 07:03

ބަންދުގައި ތިބި މީހުންގެ ތެރެއިން ފައިގައި ޓެގު އަޅުވައި ދޫކޮށްލުމަށް 252 މީހުން ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ތަޙުޤީގު ކުރިއަށްދާއިރު، މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ މީހުންނާއި ތަޙުޤީޤަށް ފިލާފާނެ ކަމަށް ބެލެވޭ މީހުން ވާނުވާ ބަންދުގައި ބަހައްޓައެވެ. ނަމަވެސް، ޝަރީޢަތްތައް ލަސްވުމުގެ ސަބަބުން 5-6 އަހަރުވަންދެން ބަންދުގައި ތިބި މީހުން ވެސް ޖަލުތަކުގައި އެބަތިއްބެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް ޓެގު އެޅުވުމަށްފަހު ދޫކުރުމަށް އެދި 252 މީހުން ވަނީ ފޯމު ހުށައަޅާފައެވެ. އަދި މީގެ ތެރެއިން 10 މީހަކު މިހާރު މޮނިކޮން އަމުރުގެ ދަށުން ދޫކޮށްލާފައިވާއިރު، 149 މީހެއްގެ އެސެސްމެންޓް ހެދުމަށް ފޮނުވާފައިވާކަމަށް ޕީޖީން ވިދާޅުވިއެވެ. އަދި އެސެސްމެންޓް ފުރިހަމަކުރި މީހުންގެ ތެރެއިން އެކަކާއި މެދު ގޮތެއް އަދި ނިންމިފައި ނުވާއިރު، 83 މީހުން ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. ހަމަ މިއާއެކު، 9 މީހެއްގެ ފޯމު ލިބި އެސެސްމެންޓަށް ފޮނުވުމުގެ މަރުހަލާގައިވާކަމަށް ޕީޖީން ވަނީ ވިދާޅުވެފައެވެ.

ޓެގުއެޅުވުމަށްފަހު މިމީހުން ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެއްގޮތަށެވެ. މިނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރާނެއެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެކަން ކުރިއަށްގެންދެވޭނެއެވެ. އަދި މިކަމަށް އެދޭ ފޯމު އޮންލައިންކޮށް އަދި ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބެން ހުންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން