ޚަބަރު
ނައިފަރުން ގެއްލިގެން ހޯދި ކުއްޖާ އެ ރަށުން ފެނިއްޖެ

ގެއްލިގެން ހޯދި ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް--
ފާދިއްޕޮޅު ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ މިއަދު އެ ރަށުން ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނަމަކަށް ކިޔާ މި ކުއްޖާ ފެނިފައި ވަނީ މިރޭގެ ވަގުތެއްގައި އެ ރަށުގެ މަގުމަތިންނެވެ. އަދި އެ ކުއްޖާ ފެނުނުއިރު ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަޕްޑޭޓް:
— Maldives Police (@PoliceMv) August 5, 2025
ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ވަނީ ފެނިފައި. ކުއްޖާގެ ހާލު ރަނގަޅު. https://t.co/Qb2wwkAcvu
މައިސަރާ ދިރިއުޅެމުންދާ ގެއިން ނިކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 ހާއިރުއެވެ. އަދި އޭގެ ފަހުން އެ ކުއްޖާގެ ޚަބަރެއް ނުވާކަމަށް އާޢިލާއާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ކުއްޖާ ގެއިން ނިކުމެގެން ގޮސް އަނބުރާ ގެއަށް ނައި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.