ޚަބަރު
ފުލުހުންގެ އިދާރާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ދާނީ ބަދަލު އަންނަމުން: ފުލުހުން
ފުލުސް ހެޑްކުއަރޓާސް ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ފުލުހުންގެ އިދާރާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ދާނީ ބަދަލު އަންނަމުން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ހެޑް އޮފް ސާވިސް ޑިވަލޮޕްމެންޓް ޑިރެކްޓަރގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އަދި ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ ގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އިއްޔެ އައްޔަނު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުގެ އިސް މަޤާމުތަކަށް ގެނައި މި ބަދަލުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ.
އެގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާންގެ މައްޗަށް ޕީއެންސީ އާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން ވަކިކުރަން އުޅުނު ކަމުގެ ތުހުމަތު އުފުލިފައިވެއެވެ. އަދި ސީޕީ ޝުޖާޢު އަކީ ނާޤާބިލް މީހެއްކަމަށް އޭސީޕީ ޝިފާން ވިދާޅުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މިފަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިދާރާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ދާނީ ބަދަލު އަންނަމުން ކަމަށެވެ.