Ads by Stelco

ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ފުވައްމުލަކުގެ މަގެއް، ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 09:07

06 އޯގަސްޓު 2025، 09:07

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު، އެ ރަށުގެ ފުނާޑު އަވަށުގައި ކަމަށެވެ. 

މި ހާދިސާގައި އިތުރު ވެހިކަލެއް ނުހިމެނެއެވެ. އެކްސިޑެންޓު ހިނގީ، ނިޔާވި ކުއްޖާ ހުސްނުހީނާ މަގުން ދުއްވާފައި ދަނިކޮށް ސައިކަލު ފާރުގައި ޖެހުމަށްފަހު، ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތީގެ ހޮޅިދަނޑީގައި ޖެހިގެންނެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، ރޭ މެންދަމުން އަލިވެ 3:40 ހާއިރެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން