Ads by Exprox

ޚަބަރު

ޑޮލަރުތަކާ އެކު ރާއްޖެއިން ފުރަން އުޅުނު ބަންގްލަދޭޝް މީހާގެ ބަންދަށް 15ދުވަސް!

ޑޮލަރުތަކާ އެކު ރާއްޖެއިން ފުރަން އުޅުނު ބަންގްލަދޭޝް މީހާގެ ބަންދަށް 15ދުވަސް!

ޑޮލަރުތަކާ އެކު ފުރަން އުޅެނިކޮށް ހިފަހެއްޓި ޝަހްމިން އިސްލާމް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 06:55

27 އޯގަސްޓު 2024، 06:55

ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ގިނަ ޢަދަދެއްގެ ޑޮލަރުތަކެއް ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި އޭވިއޭޝަން ކޮމާންޑުން މިމަހު 25 ވަނަ ދުވަހު ހިފަހައްޓައި ބަލައި ފާސްކުރީ ބަންގްލަދޭޝް މީހެއް ކަމަށްވާ ޝަހްމިން އިސްލާމް ޝަގުރް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަތުން އަތުލައިގައި ޑޮލަރުގެ ޢަދަދު 80 ހާހަށްވުރެ މައްޗަށް އަރައެވެ.

ބަންގްލަދޭޝްގެ ޝަހްމީން އިސްލާމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ ގެ މައްސަލަ ދިވެހި ފުލުހުން އަންނަނީ ބަލަމުންނެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެދުވަހު އެކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81,030 އެމެރިކާ ޑޮލަރު އަތުލައިގެންފައިވާކަމަށެވެ.

މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާއެވެ.

މި މީހާ ފުރަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގެ ބަންގްލާ އެއާލައިން  ފްލައިޓުންނެވެ.

ޑޮލަރުތައް ހުރިކަން އެނގުނީ އެމީހާގެ ފޮށި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށާ، މި ފައިސާ އޭނާ ވަނީ ފޮށިތެރޭގައި ނުފެންނާނެހެން ވަރަށް ރަނގަޅަށް ރައްކާކޮށްފައި ކަމަށް އޭވިއޭޝަނުން ބުނެފައިވެއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco