ކުޅިވަރު / ޚަބަރު

ދިވެހި ފުޓުބޯޅައިގެ އަލިމަސްޔޫބިލްގެ ހަރަކާތްތަކަށް ޚާއްޞަ ކޮމެޓީއެއް އެކުލަވާލައިފި

ދިވެހި ފުޓުބޯޅައިގެ އަލިމަސްޔޫބިލްގެ ހަރަކާތްތަކަށް ޚާއްޞަ ކޮމެޓީއެއް އެކުލަވާލައިފި

އަލިމަސްޔޫބިލްގެ ހަރަކާތްތަކަށް އެކުލަވާލި ކޮމެޓީގެ ޗެއާރމަން، ޢަލީ ސުޒެއިން، ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޯގަސްޓު 2025، 09:09

06 އޯގަސްޓު 2025، 09:09

ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރޭ އަލިމަސްޔޫބިލްގެ ހަރަކާތްތަކަށް ޚާއްޞަ ކޮމެޓީއެއް އެކުލަވާލައިފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން  އެކުލަވާލި މި ކޮމެޓީގެ ޗެއާރމަނަކަށް އައްޔަންކޮށްފައި ވަނީ ރާއްޖޭގެ ތަޖްރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒެއިންއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމީ އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެގޮތުން އެފްއޭއެމްގެ  އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ޚާއްޞަ ކޮމިޓީއެއް، "ޑައިމަންޑް ޖުބުލީ ކޮމިޓީ"ގެ ނަމުގައި މިހާރު މިވަނީ އުފައްދާފައެވެ.

އެފްއޭއެމްއިން "ޑައިމަންޑް ޖުބުލީ ކޮމިޓީ" އުފައްދާފައިވަނީ އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައެވެ. އަދި މި ކޮމިޓީ އެކުލަވާލާފައި ވަނީ ކުލަބުތަކުން ނަން ފޮނުވައިގެންނެވެ.

ޑައިމަންޑް ޖުބުލީ ކޮމިޓީގައި ހިމެނޭ މެންބަރުން:

  • ޗެއާރމަން: ޢަލީ ސުޒެއިން، ޤައުމީ ޓީމުގެ ކުރީގެ ކޯޗު
  • ވައިސް ޗެއާރމަން: އަޙުމަދު މުބީން، ނިއުރޭޑިއަންޓްގެ ޗެއާރމަން
  • ޢަބުދުالله އަޒްމީން - ކުލަބް ވެލެންސިއާގެ ޗެއާރމަން
  • އަޙުމަދު ލަތީފް މުޙައްމަދު: ދިއްދޫ ދާއިރާގެ މެންބަރު

ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު އަންނަ އަހަރުގެ ޖޫންމަހު އަލިމަސްޔޫބީލް ފާހަގަ ކުރުމަށް ހާއްސަ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން