Ads by Stelco

ޚަބަރު

އެސްޓީއޯގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯއިން އަލަށް ހުޅުވި ބޭސް ފިހާރ، ފޮޓޯ: އެސްޓީއޯ---

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 09:56

06 އޯގަސްޓު 2025، 09:56

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ. މި ބޭސް ފިހާރަ ހުންނަނީ ހުޅުމާލެ ހޮސްޕިޓަލާއި މާދުރު ނޫން ހިސާބެއްގައެވެ. 

މި ބޭސް ފިހާރަ ޤާއިމްކޮށްފައި ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތަށް ކުރިން އެސްޓީއޯ ސްމާޓް ސްޓޯރ ހިންގަމުން އައި ތަނުގައެވެ. 

އެ ތާންގައި "އެސްޓީއޯ ފާމަސީ ސެންޓްރަލް"ގެ ނަމުގައި ޤާއިމްކުރި މި ބޭސް ފިހާރައިން މިހާރު ޚިދުމަތް ދޭން ފަށާފައިވާކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އަދި މި ބޭސް ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

އެސްޓީއޯގެ އެހެނިހެން ބޭސް ފިހާރަތަކެކޭ އެއްފަދައިން، މި ބޭސް ފިހާރައިންވެސް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިބޭސް ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 މެންދަމު 12:00 ހަމައަށްކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން