Ads by Stelco

ޚަބަރު

ގުރައިދޫ ކައިރިން ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލައިފި

ގުރައިދޫ ކައިރިން ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލައިފި

ފުލުހުންގެ ލޯންޗެއް، ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 12:40

07 އޯގަސްޓު 2025، 12:40

މާލެ އަތޮޅު ގުރައިދޫ ކައިރިން 17 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

މިރޭ ހިނގި މި ހާދިސާއާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރަމުން ފުލުހުން ބުނީ، ޒަމާނީ އައިލެންޑު ރިޒޯޓު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި ތިބީ ހުސް ބިދޭސީން ކަމަށާއި، އެ އެންމެން މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ޑިންގީ ބަންޑުން ޖަހާލުމުން އެ ޑިންގީއިން ދަތުރުކުރި 3 މީހަކު ފަތާފައި ގޮސް އެ ރިޒޯޓަށް އެރިކަމަށް ވެސް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.

އެ ސަރަހައްދުގައި ކ. އަތޮޅު ފުލުހުންނާއި އެ އަތޮޅު ރިސޯޓުތަކުގެ ލޯންޗުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން