ވިޔަފާރި

ބިޓްކޮއިންގެ އުފެއްދުންތެރިޔާގެ ސިއްރު އަދިވެސް ހާމަނުވޭ

ބިޓްކޮއިންގެ އުފެއްދުންތެރިޔާގެ ސިއްރު އަދިވެސް ހާމަނުވޭ

ބިޓް ކޮއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޮކްޓޯބަރު 2024، 09:45

23 އޮކްޓޯބަރު 2024، 09:45

ދުނިޔޭގެ އެންމެ މަޤްބޫލު ކްރިޕްޓޯ ކަރަންސީ ކަމަށްވާ ބިޓްކޮއިން އުފެއްދި ފަރާތުގެ ސިއްރު އަދިވެސް ހާމަނުވާ ކަމަށް ބިޓްކޮއިންގެ ދާއިރާގެ ތަޖުރިބާކާރުން ބުނެފިއެވެ. 

ބިޓްކޮއިން އުފެއްދި ފަރާތް ކަމަށް ބެލެވޭ ސަތޯޝި ނަކަމޯޓޯ އަކީ ކާކުކަން ހޯދުމަށް އެޗްބީއޯއިން އައު ޑޮކިއުމެންޓްރީއެއް ނެރުނު ނަމަވެސް، އޭނާގެ އަސްލު ކާކުކަން އަދިވެސް ނޭނގޭކަމަށް ބިޓްކޮއިންގެ ދާއިރާގެ ބޮޑެތި ނަންނަމުގައި ތިބި ފަރާތްތަކުން ބުނެއެވެ.

2009 ވަނަ އަހަރު ސަތޯޝި ނަކަމޯޓޯގެ ނަމުގައި ބިޓްކޮއިން ތައާރަފުކުރުމަށްފަހު، ދެ އަހަރު ފަހުން އޭނާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެއަށްފަހު އޭނާއަކީ ކާކުކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އަދި އެއްވެސް ފަރާތަކަށް އެކަން ޔަގީންކޮށް ނޭނގެއެވެ.

އެޗްބީއޯގެ "މަނީ އިލެކްޓްރިކް: ދަ ބިޓްކޮއިން މިސްޓްރީ" ޑޮކިއުމެންޓްރީގައި ސަތޯޝި ނަކަމޯޓޯ އަކީ 39 އަހަރުގެ ކެނޭޑިއަން ބިޓްކޮއިން ޑިވެލޮޕަރެއް ކަމަށްވާ ޕީޓަރ ޓޮޑް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕީޓަރ ޓޮޑް އާއި ބިޓްކޮއިންގެ ދާއިރާގެ އެހެން ފަރާތްތަކުން މިކަން ދޮގުކޮށްފައިވެއެވެ.

މިވަގުތު 1.3 ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަނެއް އޮތް ބިޓްކޮއިންގެ އުފެއްދުންތެރިޔާއަކީ ކާކުކަން ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވާ ސަބަބަކީ، ސަރުކާރުތަކުން ނެރޭ ފައިސާއަށް ބަދަލުގައި ބޭނުންކުރެވޭނެ ވަސީލަތެއްގެ ގޮތުގައި ބިޓްކޮއިން ބެލެވޭތީއެވެ. ނަމަވެސް ބިޓްކޮއިންގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ބޭނުންވަނީ ސަތޯޝި ނަކަމޯޓޯގެ އަސްލު ކާކުކަން ނޭނގި ހުންނަން ކަމަށް ޑޮކިއުމެންޓްރީގައި ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން