ޚަބަރު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: އަވަސް އެމްވީ
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ ނެދަލޭންޑްސްއަށް ނިސްބަތްވާ އަންހެނެކެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. އަދި އެ އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފާއިތުވެ ދިޔަ ދުވަސްތަކުގައި، އެކި ފަހަރު މަތިން ވަޔާއި ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. ހަމަމިއާއެކު، މީގެ ތެރެއިން ގިނަ ބަޔަކު ވަނީ އިމިގްރޭޝަނާއި ހަވާލުކުރުމަށްފަހު ރާއްޖެއިން ޑީޕޯޓުކޮށްލާފައެވެ.