Ads by Stelco

ޚަބަރު

މާލޭގެ ޓްރެފިކް ފުލުހުންނަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މާލޭގެ ޓްރެފިކް ފުލުހުންނަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މާލޭގެ ޓްރެފިކް ފުލުހުންނަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޯގަސްޓު 2025، 06:59

09 އޯގަސްޓު 2025، 06:59

މާލޭގައި މަސައްކަތް ކުރަމުންދާ ޓްރެފިކް ފުލުހުންނަށް ޚާއްޞަކޮށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފައިވަނީ، މާލެ ސިޓީ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. އަދި މި ޕްރޮގްރާމުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އާއި ކޮމިޝަންޑު ބައެއް އޮފިސަރުންނާއި ޓްރެފިކް ފުލުހުން ބައިވެރިވެލައްވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމުގައި ވެމްކޯގެ ހިއުމަން ރިސޯސް ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާން ވަނީ "ވެށި ހެޔޮ މުޖްތަމަޢު" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުޅަހަޅާފައެވެ. މި ޕްރެޒެންޓޭޝަނުގައި، ޓްރެފިކް ފުލުހުން މަގުމަތިން ފެންނަގޮތާއި ރަނގަޅުކުރުމަށް ކުރާނެ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި އެހެނިހެން ތަފާތު ހާލަތްތަކުގައި ޓްރެފިކް ފުލުހުންގެ ކިބައިން ފެންނަ ރިވެތި އަޚުލާގާއި، ލިބޭ އެހީތެރިކަމާއި، ކަންކަން ކުރަންވީ ގޮތް ބުނެދޭ މަންޒަރު ފެންނަމަނުންދާކަން ފާހަކުރެއްވިއެވެ.

މީގެ އިިތުރުން، ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ޤަވާއިދާޚިލާފަށް އެމީހަކު ކުރި ނުވަތަ ކުރެވުނު ކަންކަން ބުނެދީ އަދި ފިޔަވަޅު އެޅި ސަބަބު ތަފްސީލުކޮށް ޓްރެފިކް ފުލުހުން ކިޔައިދޭކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ  އެހެންމެ، ޓްރެފިކް ޗެކްޕޮއިންޓުތައް ގާއިމުކުރުމުން ގިނަބަޔަކު ޤަވާއިދާ އެއްގޮތަށް އަމަލުކުރާ މަންޒަރު މުޖުތަމައުން ފެންނަމުންދާކަން ފާހަގަކުރިއެވެ. އަދި މަގުމަތި ބާރުބޮޑުވާ ހާލަތްތަކާއި އެކްސިޑެންޓްތައް ހިނގުމުން މަގުމަތި ހަމައަކަށް އެޅުވުމަށް ޓްރެފިކް ފުލުހުންގެ ފަރާތުން ފެންނަ އަވަސް ފިޔަވަޅުތަކުގެ  މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ޕްރެޒެންޓޭޝަނުގައި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ކޮންމެ ފުލުހަކު ވެސް ރީތިކޮށް މުއާމަލާތުކޮށް، ކޮންމެ ރައްޔިތަކާ މެދުވެސް ހަމަހަމަ އުސޫލަކުން ކަންކަންކުރުމަކީ ޓްރެފިކް ފުލުހުންގެ ކިބައިން އިތުރަށް ފެންނަން އެދޭ ކަމެއްކަމަށް ވަނީ ބުނެފައެވެ. ހަމަ މިއާއެކު، ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން އާންމު ރައްޔިތުންނަށް ފަސޭހައިން ފެންނާނޭހެން ނުވަތަ އެނގޭނޭހެން އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުމަށް ވަނީ ހިޔާލު ދެއްވާފައެވެ.

މީގެ އިތުރުން، ޓްރެފިކް ފުލުހުންނާ މެދު ރައްޔިތުން ދެކޭ ގޮތާއި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާމެދު އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ވަނީ ނަޞޭހަތްތެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން