ޚަބަރު
ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިފި

ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު.

ފަރުދުން
11 އޯގަސްޓު 2025، 02:45
11 އޯގަސްޓު 2025، 02:45
ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ. ބިންގާ އެޅުއްވީ، ޞިއްޙީ ކަންކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ޙާޟިރުވެވަޑައިގެން ހުންނެވިއެވެ.
ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒު ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރޭއްވެވުމުގެ ދަށުން، ފެނަކަ އާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިގޮތުން، ކުދަރިކިލު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފެނަކައާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގައެވެ. އެއީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް، 7,641,116.64 (ހަތް މިލިޔަން، ހަސަތޭކަ ސާޅީސް އެއް ހާސް، ސަތޭކަ ސޯޅަ ރުފިޔާ، ފަސްދޮޅަސް ހަތަރު ލާރި) އަށެވެ.
ބ. ކުޑަރިކިލުގައި ބިނާކުރުމަށް މިއަދު ބިންގާ އެޅިގެން ދިޔަ ޢިމާރާތުގައި ޒަމާނީ ލެބޯޓަރީއަކާއި، ޖާގަ ތަނަވަސް ވޯޑަކާއި، ޕްރައިވެޓް ވޯޑަކާއި، މެޑިކަލް ސްޓޯރ އެއް ހިމެނޭނެއެވެ. މީގެ އިތުރުން، ކުޑަރކިލު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގައި އެމްބިޔުލޭންސް ގަރާޖެއް އެޅުމަށް ވެސް ހަމަޖެހިފައި ވެއެވެ.