Ads by Stelco

ޚަބަރު

ކުޑަރިކިލުގައި އޭޓީއެމްގެ ޚިދުމަތް އިފުތިތާޙުކޮށްދެއްވައިފި

ކުޑަރިކިލުގައި އޭޓީއެމްގެ ޚިދުމަތް އިފުތިތާޙުކޮށްދެއްވައިފި

ރައީސް ކުޑަރިކިލުގެ އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވުން.

farudhun logo

ފަރުދުން

11 އޯގަސްޓު 2025، 03:06

11 އޯގަސްޓު 2025، 03:06

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފަހަރަށް އިފުތިތާޙު ކޮށްދެއްވައިފިއެވެ. ޚިދުމަތް އިފުތިތާޙު ކޮށްދެއްވީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުޑަރިކިއްޔަށް ކުރެއްވި ރަސްމީ ޒިޔާރަތްފުޅުގެ ތެރެއިންނެވެ. އެމަނިކުފާނުގެ އަރިހުގައި ތިއްބަވައި, މިކަމުގައި ބައިވެރިވެވަޑައިގެންނެވީ، ބީއެމްއެލް ގެ ޗެއަރ ޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި އެކުންފުނީގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.

ބ. ކުޑަރިކިލުގައި މިއަދު ފެށިގެން މިދިޔަ އޭޓީއެމް ގެ ޚިދުމަތަކީ، ރާއްޖޭގެ އާބަދުވެފައިވާ އެންމެހައި ރަށްތަކުގައި އޭޓީއެމްގެ ޚިދުމަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވި އިރުޝާދުގެ ދަށުން ފެށުނު ޚިދުމަތެކެވެ. މީގެ ކުރިން މިއަހަރުގައި ބީއެމްއެލް އިން 38 އޭޓީއެމް އެއް ޤާއިމުކޮށްފައިވުމާއެކު، ކުޑަރިކިލުގައި މިއަދު ޚިދުމަތްދޭން ފެށި އޭޓީއެމް އަކީ މިއަހަރު ރާއްޖޭގައި އަލަށް ޤާއިމުކުރެވުނު 39 ވަނަ އޭޓީއެމް އެވެ.

އޭޓީއެމް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލް ގެ ފަރާތުން ކުޑަރިކިލު ކައުންސިލަށް މިކަމުގެ ހަނދާނީ ފިލައެއް އެރުއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން