ޚަބަރު
ކެނަބިސް އެތެރެކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާނުކޮށްފި!
ކެނަބިސް އެތެރެކުރި މައްސަލާގައި ހޯދަމުންދާ ޢުބާދަތު ޙުސައިން. ފޮޓޯ: ފުލުހުން
ރާއްޖެއަށް ކެނަބިސް އެތެރެކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން އިޢްލާނުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ހޯދަން އިޢުލާނު ކޮށްފަައިވަނީ ސ. ހިތަދޫ / ހަޒާރުމާގެ، 30 އަހަރުގެ، މުޙައްމަދު ޢުބާދަތު ޙުސައިނެވެ.
ފުލުހުން ބުނެފައިވަނީ، މުޙައްމަދު ޢުބާދަތު ޙުސައިން ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ.
އަދި އޭނާ ބަންދުގައި ބަހައްޓައިގެން 2024 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓު، ހުޅުމާލެ ޑިވިޝަނަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށްވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން، މުޙައްމަދު ޢުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިއާއިއެކު، ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވ.ެ