Ads by Stelco

ޚަބަރު

ތުޅާދޫ ވައިގެ ބަނދަރުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް

ތުޅާދޫ ވައިގެ ބަނދަރުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް

ރައީސް ތުޅާދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަނީ.

farudhun logo

ފަރުދުން

12 އޯގަސްޓު 2025، 12:33

12 އޯގަސްޓު 2025، 12:33

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި އެޅުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރި ވައިގެބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް 600 ދުވަހުގެ މުއްދަތެއްގައި ނިންމާލެވޭނޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ދަތުފުޅުގައި ތުޅާދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތުޅާދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ވައިގެ ބަނދަރަކީ އެރަށުގެ ތަރައްޤީއަށް މިހާރު ރޭވިފައި އޮތް އެންމެ މުހިންމު މަޝްރޫޢު ކަމަށެވެ. ތުޅާދޫ ވައިގެބަނދަރުގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީ އާ މިއަދު ޙަވާލުކުރެވިފައިވާ އިރު، މިމަސައްކަތް ހަލުވި ބާރުމިނުގައި ކުރިއަށް ދާނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިހުގެ ސަރުކާރުގައި ކައުންސިލްގެ މަޝްވަރާއާ އެކު އެކުލަވާލާފައިވާ ޕްލޭން އާ އެއް ގޮތަށް މިހާރު މަސައްކަތް ފެށިއަސް، އެޕްލޭންގައި ވާ ފަޅުތެރެއިން ވެލިނެގުމުގެ އުޞޫލު ވީހާ ވެސް އަވަހަކަށް ބަދަލުކުރައްވާނޭ ކަމަށެވެ. އެއީ، ފަޅުތެރެއިން ވެލިނެގުމަކީ ތިމާވެށްޓަށް ގެއްލުން ހުރި، ރައްޔިތުން ނުރުހޭ ކަމަކަށް ވާތީއެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސް ތުޅާދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ރިޔާސީ އެހެނިހެން ވަޢުދުފުޅުތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ޞިއްޙީ ދާއިރާއިން ގެނުވަން ހަމަޖެހިފައިވާ ތަރައްޤީތަކުގެ ތެރޭގައި: އަންހެނުންނާއި ކުޑަކުދީންނަށް ޚާއްޞަ ޑޮކުޓަރުން ގެނައުން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ކުޅިވަރުގެ ދާއިރާއިން ނެޓްބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ކަނޑައެޅިފައިވާ އިރު، ތުޅާދޫ ސްކޫލުގެ އިދާރީ ޢިމާރާތް ބިނާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް، ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިމެނުއްވި އަނެއް މުހިންމު ނުކުތާއަކީ ގެދޮރުވެރިކަމުގެ މަޝްރޫޢެވެ. މިގޮތުން، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ 100 ފްލެޓް ބިނާ ކުރުމުގެ މަސައްކަތުގެ ތައްޔާރީ ތައް މިހާރު ވަމުން ދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ތުޅާދޫ ގައި އަމިއްލަ ގޯތި ހިއްކި 119 ފަރާތަށް، ގޯތި އަމިއްލަ ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު އެރުއްވިއެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ބ. ތުޅާދޫ ރައްޔިތުންނަށް ޕިކްނިކް އައިލްންޑެއްގެ ގޮތުގައި އެނބަދޫ ހަމަޖެއްސެވުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން