Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފެހެންދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ފެހެންދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ފެހެންދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޯގަސްޓު 2025، 06:51

12 އޯގަސްޓު 2025، 06:51

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ފެހެންދޫގެ ރަށްގިރާ މައްސަލަ އާއި ރަށުގެ ފުޓްސަލް ދަނޑުގެ ބިން އެއްވަރުކުރުމަށް ބޭނުންވާކަށް ވިދާޅުވެފައެވެ. ހަމަ މިއާއެކު، ރަށަށް ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ބޭނުންވާކަމާއި ރަށުން ގޯތި ދޫކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ބްރިޖު އަރިއަޅާލާފައިވާތީ އެކަމަށް ހައްލެއް ގެނައުމަށް މަޝްވަރާކުރެވިފައިވާނެ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ރައީސްގެ އަރިހުގައި ވަނީ ދަންނަވާފައެވެ.

މީީގެ އިތުރުން، ފެހެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިވަޑައިގަންނަވާފައެވެ. ހަމަ މިިއާއެކު، އެ ރަށަށް އައު މިސްކިތެއް ބޭނުންވާކަން ފާހަގަކުރައްވާ، ކައުންސިލުން ވަނީ ރަށުގައި އެންމެ އިމާމެއް ހުރުމުގެ ސަބަބުން އެކަމުގައި ދިމާވާ ދަތިތައް ރައީސުލްޖޫމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން