ކުޅިވަރު

ދިވެހިރާއްޖޭގެ ނެޓްބޯޅަ ޓީމު ޖަޕާނާ ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދައިފި

ދިވެހިރާއްޖޭގެ ނެޓްބޯޅަ ޓީމު ޖަޕާނާ ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދައިފި

ދިވެހިރާއްޖޭގެ ނެޓްބޯޅަ ޓީމު ޖަޕާނާއި އެއްކޮށް ކުޅުނު މެޗު ފޮޓޯ:ޔޫޓިއުބް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޮކްޓޯބަރު 2024، 05:21

23 އޮކްޓޯބަރު 2024، 05:21

އޭޝިއާގެ ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ޖަޕާނުގެ މައްޗަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފިއެވެ. އިންޑިއާގެ ބެންގަލޫރުގައި ހުންނަ ކޮރާމަންގާލާ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މުބާރާތުގެ މެޗުގައި ދިވެހި ޓީމު 64-28 ގެ ނަތީޖާއަކުން ވަނީ ޖަޕާން ބަލިކޮށްފައެވެ.

މެޗުގެ ފެށުމުން ފެށިގެން ދިވެހި ޓީމުން ދެއްކި ހުނަރުވެރި ކުޅުމާއެކު ލީޑު ދަމަހައްޓަމުން ގެންދިޔައެވެ. ހަތަރު ކުއާޓަރުޓަރުގެ ނިޔަލަށް ދިވެހި ޓީމަށް 64 ޕޮއިންޓް ލިބުނު އިރު، ޖަޕާނަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. މިއީ 36 ޕޮއިންޓުގެ ފަރަގެކެވެ.

މި މުބާރާތުގައި ދިވެހި ޓީމުން މިހާތަނަށް ކުޅެފައިވާ ފަސް މެޗުގެ ތެރެއިން ތިން މެޗުން ކާމިޔާބު ހޯދާފައިވެއެވެ. ދިވެހި ޓީމު ބަލިވެފައިވަނީ ފިލިޕީންސް އަދި މެލޭޝިއާގެ އަތުންނެވެ. އިއްޔެ ކުޅުނު މެޗުގައި ފިލިޕީންސްއާ ދެކޮޅަށް 56-48 ގެ ނަތީޖާއަކުން ބަލިވިއެވެ.

ދިވެހި ޓީމު މޮޅުވެފައިވަނީ މުބާރާތް ބާއްވާ ޤައުމު އިންޑިއާ އަދި ސައުދީ އަރަބިއާގެ އިތުރުން މިއަދު ޖަޕާނުގެ މައްޗަށެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމެވެ.

މި ފާހަގަކޮށްލެވޭ ކާމިޔާބީއާއެކު ދިވެހި ޓީމުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އިތުރަށް ފުޅާވެފައިވާ ކަމަށް ބެލެވެއެވެ. މުބާރާތުގެ ބާކީ އޮތް މެޗުތަކުގައި ދިވެހި ޓީމުގެ ފެންވަރު ހިފަހައްޓައި، އިތުރު ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ. މި ކާމިޔާބީއަކީ ދިވެހި ނެޓްބޯޅަ ކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްވަރެއްގެ އިތުރުން، ޤައުމީ ފެންވަރުގައި ދިވެހި ނެޓްބޯޅައިގެ ކުރިއެރުން ދައްކުވައިދޭ މިސާލެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.
 

 

މި ލިޔުން ކިޔާލުމުން