Ads by Stelco

ޚަބަރު

އޮންލައިން ކޮށް މަޖިލީހަށް ޕެޓިޝަން ހުޅުވޭނެހެން ހެދުމަށް މަޖިލީހުގެ ޤަވާއިދަށް އިސްލާޙެއް ހުށައަޅައިފި

އޮންލައިން ކޮށް މަޖިލީހަށް ޕެޓިޝަން ހުޅުވޭނެހެން ހެދުމަށް މަޖިލީހުގެ ޤަވާއިދަށް އިސްލާޙެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިީހުގެ އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޯގަސްޓު 2025، 03:49

13 އޯގަސްޓު 2025، 03:49

އޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހެދުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙެއް ހުށަހަޅައިފިއެވެ. 

މި އިސްލާޙަކީ މަޖިލީހުގެ ޤަވާއިދުގެ 51 ވަނަ ބާބަށް ގެނެވޭ އިސްލާޙެއް ކަމަށްވާއިރު، މި އިސްލާޙު ދިރާސާކުރުމަށް ވަނީ އާންމު ކޮމިޓީއަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ގޮތުގައި މި އިސްލާޙަކީ މަޖިލީހަށް އިލެކްޓްރޯނިކް ޕެޓިޝަން ތަޢާރަފްކުރުމަށްޓަކައި ޤަވާއިދުގައި ޕެޓިޝަނާ ގުޅޭގޮތުން ހުރި މާއްދާތަކަށް ގެނެވޭ އިސްލާޙެކެވެ.

 "ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން އީ-ޕެޓިޝަން ޕޯޓަލެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އޮގަސްޓް މަހުގެ ފަހުކޮޅު ޕޯޓަލް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާއިރު، މިއިސްލާހު މިދައުރު ނިމުމުގެ ކުރިން ފާސްކުރުން މުހިންމު" ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަލަށް ހުށަހަޅާފައިވާ އިސްލާޙުގައި ދެ ބާވަތެއްގެ ޕެޓިޝަން ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއީ ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) އެވެ. ކަރުދާސް ޕެޓިޝަން ހުށަހަޅަންޖެހޭނީ މަޖިލީހުގެ އިދާރާއަށް ކަމަށާއި، އީ-ޕެޓިޝަން ހުށަހަޅަންޖެހޭނީ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާޙުގައި ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެކަށީގެންވާ ރިވެތި އިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުޚާތަބުކޮށް އިބާރާތްކޮށްފައި އޮންނަންވާނެއެވެ. އަދި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ، ޕެޓިޝަން ހުށަހަޅާ ފަރާތުން ކޮންމެ ގަނޑެއްގައިވެސް ސޮއިކުރަންޖެހޭނެއެވެ.

ޕެޓިޝަނެއް ބަލައިގަތުމަށް އެންމެ މުހިންމު އެއް ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕެޓިޝަން ހުށަހަޅާ ފަރާތުގެ އިތުރުން މަދުވެގެން 500 މީހުންގެ ސޮއި އޮތުމެވެ. މި ޝަރުތުތަކުގެ ތެރެއިން އެއްވެސް ޝަރުތެއް ފުރިހަމަނުވާ ޕެޓިޝަންތައް ބަލައިނުގަންނާނެ ކަމަށްވެސް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން