Ads by Stelco

ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ބަނގުރާ ނައްތާލަނީ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޯގަސްޓު 2025، 06:06

13 އޯގަސްޓު 2025، 06:06

އެކި މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުށް ގެނެސްފައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ، ފުލުހުންނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގައި ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެސްފައިވާ ބަނގުރާ ކަމަށެވެ. 

އެގޮތުން، މިއަދު ދޫނިދޫގައި 1432 ފުޅި ބަނގުރަލާއި، 299 ދަޅު ބަނގުރާ، އަދި އެހެނިހެން ތަކެތީގެ ގޮތުގައި 92 އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން އިިތުރަށް ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން