Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް 2ގެ ވަޤުތީ މަސް މާރުކޭޓުން 3 ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2ގެ ވަޤުތީ މަސް މާރުކޭޓުން 3 ބިދޭސީން ހައްޔަރުކޮށްފި

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހައްޔަރުކުރުން. ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 03:03

14 އޯގަސްޓު 2025، 03:03

ހުޅުމާލެ ފޭސް 2 ގެ ވަޤުތީ މަސް މާރުކޭޓުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީން ހައްޔަރުކޮށްފިއެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީން ހޯދުމަކީ ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން، މިމަހުގެ 10 ވަނަ ދުވަހު ކަމާ ބެހޭ ޓާސްކު ފޯސް އިން ހުޅުމާލެ ފޭސް 2ގެ ވަޤުތީ މަސް މާރުކޭޓުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ވަނީ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަންގެ އަމާޒަކީ ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދީ، ޢާންމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމެވެ. މިގޮތުން، ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނަ އިރު، ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، ޞައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ވެސް މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަކީ ރާއްޖޭގައި އާބާދުވެފައިވާ ހުރިހައި ރަށްތައް ޝާމިލުވަނިވި ގޮތެއްގައި ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަސައްކަތެކެވެ. މީގެ އިތުރުން، ބިދޭސީންގެ މަޢުލޫމާތުތައް އެއް ވިޔުގައެއްގައި ޖަމަޢަކޮށް، ބިދޭސީންގެ މައްސަލަތަކަށް 3 އަހަރުދުވަސް ތެރޭގައި އެކަށޭނަ ޙައްލެއް ގެނައުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން