Ads by Stelco

ޚަބަރު

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ 6 މިސްކިތެއް ހިމެނިއްޖެ

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ 6 މިސްކިތެއް ހިމެނިއްޖެ

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ 5 މިސްކިތެއް ހިމެނުން. ފޮޓޯ: ވުޒާރާ|

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2025، 09:24

14 އޯގަސްޓު 2025، 09:24

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ 6 މިސްކިތެއް ހިމަނައިފިއެވެ.

މި މިސްކިތްތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް، ހއ. އިހަވަންދޫ އާސާރީ މިސްކިތް، ރ. މީދޫ ބައު މިސްކިތް، ލ. އިސްދޫ އާސާރީ މިސްކިތް އަދި އދ. ފެންފުށީ ހުކުރު މިސްކިތް ހިމެނެއެވެ.

މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ނޮމިނޭޝަން ޑޮޒިއަރ ތައްޔާރުކުރުމަށް މި މަހުގެ 13 އިން 14 އަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ޔުނެސްކޯ އޮފީހުގެ ބޭފުޅުންނާއި، ބޭރުގެ މާހިރުންނާއި، ގުޅުންހުރި ކައުންސިލްތަކާއި އިދާރާތަކުގެ އިތުރުން ސްޓޭޓް މިނިސްޓަރ ޝަހުރުއްޛިޔާދު އަދި ޔުނެސްކޯގެ ޑިރެކްޓަރ އަދި ރެޕްރެޒެންޓޭޓިވް ޓިމް ކަރޓިސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ މި މިސްކިތްތަކަށް ބައިނަލްއަޤްވާމީ ދަރަޖައެއް ހޯދައިދިނުމެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ސަމާލުކަން ލިބި، އެ ތަންތަން ބަލަހައްޓައި ދެމެހެއްޓުމުގައި އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއެކު، ދިވެހި އިޤްތިޞާދަށާއި ދިވެހީންގެ އިޖުތިމާޢީ ދިރިއުޅުމަށް މަންފާ ލިބިގެންދާނެއެވެ.

އެ ވުޒާރާގެ އަމާޒަކީ 2026 ވަނަ އަހަރު ފައިނަލް ކުރެވޭ ލިސްޓުގައި މި މިސްކިތްތައް ހިމެނުމެވެ. މި މަސައްކަތް 2008 ވަނަ އަހަރުން ފެށިގެން ކުރިއަށްދާއިރު، އެ އަހަރު މާލޭ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމަނާފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި މިސްކިތްތަކުގައި ހުރި ޚާއްސަ ސިފަތަކާއި، ތާރީޚާއި ޘަޤާފަތާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރެވި، ދާއިމީ ލިސްޓަށް ބަދަލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން