Ads by Stelco

ޚަބަރު

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ.އަތޮޅުގެ 4 ރަށަކަށް ،1159 ގަސް ފޯރުކޮށްދީފި

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ.އަތޮޅުގެ 4 ރަށަކަށް ،1159 ގަސް ފޯރުކޮށްދީފި

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ގަސް ފޯރުކޯށްދިނުން

farudhun logo

ފަރުދުން

17 އޯގަސްޓު 2025، 04:12

17 އޯގަސްޓު 2025، 04:12

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ 4 ރަށަކަށް ،1159 ގަސް ފޯރުކޮށްދީފައިވާކަމަށް ދަނޑުވެރިކަމާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް އެ ވުޒާރާގައި  އެދެމުންދާ ކަމަށެވެ. އަދި ހަނިމާދޫގައި ހުންނަ ދަނޑުވެރިކަމާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް  ފޯރުކޮށްދެމުން ގެންދާކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ. 



"ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ގަސް، ފޮނުވައިފައިވާ ށ. އަތޮޅުގެ 4 ރަށަކީ: 

ށ. ފުނަދޫ:

ބަނބުކެޔޮ - (ގޭބީސީ ތަކަށް 8، އޮފީސްތަކަށް 57) ޖުމްލަ 65

ޖަނބުރޯލް - (ގޭބީސީ ތަކަށް 9، އޮފީސްތަކަށް 107) ޖުމްލަ 116

މުރަނގަ - (ގޭބީސީ ތަކަށް 5، އޮފީސްތަކަށް 106) ޖުމްލަ 111

އަލަ - (ގޭބީސީ ތަކަށް 32) ޖުމްލަ 32

ޅައިމަގު

ބަނބުކެޔޮ - (ގޭބީސީ ތަކަށް 59، ) ޖުމްލަ 59

ޖަނބުރޯލް - (ގޭބީސީ ތަކަށް 52) ޖުމްލަ 52

މުރަނގަ - (ގޭބީސީ ތަކަށް 51) ޖުމްލަ 51

އަލަ - (ގޭބީސީ ތަކަށް 216) ޖުމްލަ 216

ނަރުދޫ

ބަނބުކެޔޮ - (ގޭބީސީ ތަކަށް 7، އޮފީސްތަކަށް 53) ޖުމްލަ 60

ޖަނބުރޯލް - (ގޭބީސީ ތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71

މުރަނގަ - (ގޭބީސީ ތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67

އަލަ - (ގޭބީސީ ތަކަށް 56) ޖުމްލަ 56

ބިލެތްފަހި

ބަނބުކެޔޮ - (ގޭބީސީ ތަކަށް 29، ) ޖުމްލަ 29

ޖަނބުރޯލް - (ގޭބީސީ ތަކަށް 29) ޖުމްލަ 29

މުރަނގަ - (ގޭބީސީ ތަކަށް 29) ޖުމްލަ 29

އަލަ - (ގޭބީސީ ތަކަށް 116) ޖުމްލަ 116

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ހަނިމާދޫ ކައުންސިލަށްވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވައި އެމަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން