ކުޅިވަރު

އަޒްޔާން ތިން ފަހަރު ހާފް ސެންޗަރީ ހޯދައި ،ޓީ20 ކޮޑްރެންގިއުލަރ ކްރިކެޓް ސީރީޒްގެ ފައިނަލަށް ރާއްޖެ

އަޒްޔާން ތިން ފަހަރު ހާފް ސެންޗަރީ ހޯދައި ،ޓީ20 ކޮޑްރެންގިއުލަރ ކްރިކެޓް ސީރީޒްގެ ފައިނަލަށް ރާއްޖެ

ޓީ20 ކޮޑްރެންގިއުލަރ ކްރިކެޓް ސީރީޒް ފޮޓޯ:މޯލްޑިވްސް ކްރިކެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޮކްޓޯބަރު 2024، 02:20

24 އޮކްޓޯބަރު 2024، 02:20

ބޫޓާން ޓީ20 ކޮޑްރެންގިއުލަރ ސީރީޒްގެ ފައިނަލަށް ޓީމް މޯލްޑިވްސް ގޮސްފިއެވެ. މި ކާމިޔާބީ ހޯދުމުގައި ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރަހަތުގެ އުގެ ހުނަރުވެރި ކުޅުން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

މި މުބާރާތުގައި އަޒްޔާން ވަނީ ތިން ފަހަރު ހާފް ސެންޗަރީ ހޯދައި، ޓީމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދީފައެވެ. އަޒްޔާންގެ މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭނާ ވަނީ 17 މެޗުގައި 559 ރަންސް ހޯދައި، 50.81 ގެ އެވްރެޖެއް ދަމަހައްޓާފައެވެ. މިއީ ކްރިކެޓްގެ ކޮންމެ ފޯމެޓެއްގައިވެސް ފާހަގަކޮށްލެވޭ ފަދަ އުސްމިނެއްގެ ރެކޯޑެކެވެ.

ބޫޓާން ޓީ20 ކޮޑްރެންގިއުލަރ ސީރީޒްގެ ގްރޭންޑް ފައިނަލްގައި ރާއްޖެ އަދި ތައިލެންޑްގެ މެޗު އޮންނާނީ 2024 އޮކްޓޯބަރު 25 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 ގައެވެ. މި މެޗުގައި ޓީމް މޯލްޑިވްސްއިން ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދާނެ ކަމަށް  ކްރިކެޓް އަށް ތާއީދުކުރާ ގިނަ ފަރާތްތަކުން އުންމީދު ކުރެއެވެ.

މި މުބާރާތުގައި ޓީމް މޯލްޑިވްސްގެ ހުރިހާ ކުޅުންތެރިން ދައްކަމުންދާ ކުޅުމާއި، ޚާއްޞަކޮށް ކެޕްޓަން އަޒްޔާން ފަރަހަތުގެ ހުނަރުވެރި ކުޅުމަކީ 2030 ވަނަ އަހަރާ ހަމައަށް ދިވެހި ކްރިކެޓް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާގެ އުޖާލާ މިސާލެއް ކަމުގައި ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން