ދުނިޔެ

އިސްރާއީލުން ޞަންޢާ ކައިރީގައި ހުރި ކަރަންޓު ޕްލާންޓަކަށް ބޮން އަޅައިފި

އިސްރާއީލުން ޞަންޢާ ކައިރީގައި ހުރި ކަރަންޓު ޕްލާންޓަކަށް ބޮން އަޅައިފި

ޔަމަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2025، 12:52

18 އޯގަސްޓު 2025، 12:52

އިސްރާއިލްގެ ޔަމަނުގެ ޞަންޢާ ކައިރީގައި ހުރި ކަރަންޓު ޕްލާންޓަކަށް ބޮން އަޅައިފިއެވެ. 

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ޔަމަނުގެ ވެރިރަށް ޞަންޢާގެ ކައިރީގައި ހުރި ކަރަންޓު ޕްލާންޓަކަށް ހަމަލާދީފައެވެ.

 ހޫތީންނާ ގުޅުންހުރި އަލް މަސީރާ ޓީވީން ހޮނިހިރު ދުވަހު ރިޕޯޓުކުރި ގޮތުގައި، މި "އަނިޔާވެރި ހަމަލާ" އިން ހެޒްޔާޒް ކަރަންޓު ޕްލާންޓުގެ ޖެނެރޭޓަރުތަކަށް ގެއްލުން ލިބި، އަލިފާން ރޯވެފައިވެއެވެ. ނަމަވެސް އެ އަލިފާން ވަނީ ނިއްވާލެވިފައެވެ. އެ ޤައުމުގެ ޑެޕިއުޓީ ބޮޑުވަޒީރު ވަނީ އިމަޖެންސީ ކްރޫތަކުން އިތުރު ގެއްލުން ވިޔަ ނުދިނުމަށް މަސައްކަތްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. 

ޞަންޢާގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި މަދުވެގެން ދެ ގަދަ އަޑު އިވިފައިވެއެވެ. އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި އެ ތަނަކީ ހޫތީ ހަނގުރާމަވެރިން ބޭނުންކުރާ ތަނެކެވެ. ނަމަވެސް އާންމު ރައްޔިތުންގެ ކަރަންޓު ޕްލާންޓަކަށް ހަމަލާދިނުމުގެ ހައްގު އޮތްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މިއީ ހަނގުރާމައިގެ ކުށެއް ކަމުގެ ކަންބޮޑުވުން އުފެދިފައިވެއެވެ.

 އާދީއްތަ ދުވަހު އިސްރާއީލުގެ މީޑިއާތަކުގައި ޝާއިޢުކުރި ބަޔާނެއްގައި، ސިފައިން ބުނެފައިވަނީ މި ހަމަލާއަކީ ހޫތީންގެ ތަކުރާރުކޮށް ދެމުންދާ ހަމަލާތަކަށް، އޭގެ ތެރޭގައި އިސްރާއީލާ އަށް ދޫކުރާ މިސައިލްތަކާއި ޑްރޯންތަކަށް ސީދާ ޖަވާބެއްގެ ގޮތުގައި ދިން ހަމަލާއެއް ކަމަށެވެ. 

2023 އިން ފެށިގެން ހޫތީން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު މުލިންގެ އަމަލުތަކާ ގުޅިގެން އިސްރާއީލަށް ތަކުރާރުކޮށް ރޮކެޓާއި ޑްރޯން ހަމަލާ ދީފައެވެ. އިސްރާއީލުން ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މުހިންމު ހޮދެއިދާ ބަނދަރު ހިމެނޭ ގޮތަށް ޔަމަނުގެ އިންފްރާސްޓްރަކްޗަރ އަށް ބޮންއަޅައި ޖަވާބުދީފައެވެ.

 އިސްރާއީލުން ވަނީ ހޫތީން ބޭނުންކުރާ ކަމަށް ބުނެ ޔަމަނުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށްވެސް ހަމަލާދީފައެވެ. އިސްރާއީލާ ދިމާއަށް އަމާޒުކުރި ގިނަ ހޫތީ މިސައިލްތައް ވަނީ ހުއްޓުވާލެވިފައިވީ ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުން ގައްޒާއަށް ކުރާ ހަނގުރާމައިގެ ސަރަހައްދީ އަސަރު ވަނީ ފުޅާވެފައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ވަނީ ރަތު ކަނޑުގައި އިސްރާއީލާ ގުޅުން ހުރި އުޅަނދުފަހަރަށް ހޫތީން ހަމަލާދިނުމާ ގުޅިގެން ޔަމަނަށް ބޮން އަޅާފައެވެ. ހޫތީން ބުނާ ގޮތުގައި މި ހަމަލާތަކަކީ އިސްރާއީލުން ޣައްޒާއަށް ކުރާ ހަނގުރާމައާއި ޙިޞާރަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ސަބަބުން ރަތު ކަނޑުން ކުރާ ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރާފައިވެއެވެ. މެއި މަހު، ވޮޝިންގްޓަނުން ވަނީ އެ ގްރޫޕާއެކު ޔާނުލާ ހުއްޓުމަކަށް އައިސްފައިވާކަން އިއުލާންކޮށްފައެވެ. މި ހުއްޓުމުގެ ދަށުން، ރަތު ކަނޑުގައި އެމެރިކާއާ ގުޅުންހުރި އުޅަނދުފަހަރަށް ހޫތީން ދޭ ހަމަލާތައް ހުއްޓާލުމާ ބަދަލުގައި އެމެރިކާއިން ދޭ ބޮން ހަމަލާތައް ހުއްޓާލާ ގޮތަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް ހޫތީން ބުނެފައިވަނީ މި އެއްބަސްވުމުގައި އެއްބަސްވެފައިވާވުން އިސްރާއިލަށް ނިސްބަތްނުވާކަމަށެވެ. 

 ހުއްޓުން އިއުލާންކުރުމުގެ ކުރިން އެމެރިކާގެ ބާރުތަކުން ވަނީ ޔަމަނަށް އެތައް ސަތޭކަ ވައިގެ ހަމަލާ ދީ، 250 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މި ހުއްޓުމުގެ ސަބަބުން "ބޮން އެޅުން ހުއްޓޭނެ" ކަމަށެވެ. މި އެއްބަސްވުމަކީ އިސްރާއީލަށް ލިބުނު ޝޮކެއް ކަމަށްވެފައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އެ ޤައުމުން "އަމިއްލައަށް ދިފާއުވާނެ" ކަމަށް ބުނެފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން