ރިޕޯޓް

ރަސްމާލެ: 129.6 ހެކްޓަރުގެ ބިން ހިއްކައިފި، ހުޅުމާލޭ ފޭސް 1ގެ ބޮޑުމިނާ ގާތްކުރޭ

ރަސްމާލެ: 129.6 ހެކްޓަރުގެ ބިން ހިއްކައިފި، ހުޅުމާލޭ ފޭސް 1ގެ ބޮޑުމިނާ ގާތްކުރޭ

ރަސްމާލެ: ބޮޑު ސަރަހައްދެއް ހިއްކާ ނިމިފަ

farudhun logo

ފަރުދުން

18 އޯގަސްޓު 2025، 01:59

18 އޯގަސްޓު 2025، 01:59

ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެެއްވުމަށް އަދުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ"ގެ ބޮޑު ސަރަޙައްދެއް ހިއްކާ ނިމިއްޖެއެވެ.

ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާ މަޝްރޫޢު ކަމުގައިވާ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ފައްޓަވައިދެއްވި މަޝްރޫޢުގެ އިންސައްތައިން ބަލާނަމަ ކުޑަ މިންވަރެއް ނަމަވެސް ހަމަލޮލަށް ފެންނަ މަންޒަރު މުޅިން ތަފާތެވެ. ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ މި މަޝްރޫޢުގެ ދަށުން މިހާރު ރަސްމާލެއިން ގާތްގަނޑަކަށް 130 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. އެއީ މުޅި މަޝްރޫޢުގެ %12އެވެ. މި ކުޑަ އަދަދަކީ މިވަގުތު އެންމެ ގިނަ އާބާދީ އޮތް އެއް ސަރަޙައްދު ކަމުގައިވާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބޮޑުމިނުގައި ހިއްކާފައިވާ ސަރަޙައްދެކެވެ. އަދި މުޅި ރަސްމާލެއަކީ ހުޅުމާލޭގެ ތިން ހުޅުމާލެހާ ބޮޑު ބިމެއްކަންވެސް ފާހަގަ ކޮށްލަމެވެ.  

ރަސްމާލެ: 129.6 ހެކްޓަރުގެ ބިން ހިއްކައިފި، ހުޅުމާލޭ ފޭސް 1ގެ ބޮޑުމިނާ ގާތްކުރޭ

ރަސްމާލެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

"ރަސްމާލެ" މަޝްރޫޢު ކުރިއަށްދާގޮތް ބަލާލުމަށް މީޑިއާތަކަށް ވަނީ ފުރުސަތު ދީފައެވެ. މި ދަތުރުގައި ރަސްމާލޭގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްދާ މަންޒަރު ވަނީ ފެނިފައެވެ. ރަސްމާލެ ކުރިއަށްދަނީ އެންމެ ފުރަތަމަވެސް ޕްލޭން ކޮށްފައިވާ ގޮތަށް ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށެވެ. އެގޮތުން، ބިން ހިއްކުމުގެ ތެރެއިިން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެކި ސަރަޙައްދުތަކުން 21600 އަށްވުރެ ގިނަ މުރަކަ ރައްކާތެރި ކަމާއެކު އެކި ސަރަހައްދު ތަކާއި ރިިސޯޓު ތަކުގައި އަލުން އިންދާ، މުރަކަ އާލާ ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެއެވެ. 

ރަސްމާލެ: 129.6 ހެކްޓަރުގެ ބިން ހިއްކައިފި، ހުޅުމާލޭ ފޭސް 1ގެ ބޮޑުމިނާ ގާތްކުރޭ

ރަސްމާލެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ހުޅުމާލޭގެ ތިންގުނަ ބޮޑުމިނުގައި ހިއްކަމުންދާ ރަސްމާލެއަކީ ބިން އުސްކޮށް ހިއްކަމުންދާ ސަރަހައްދެކެވެ. ރަސްމާލޭ ބިމުގެ އުސްމިނުގައި 2.5 މީޓަރު ހުންނާނެއެވެ. ރަސްމާލޭ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ 2 ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭގައި ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އެއާއެކު ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ ރާއްޖެ އައިސްފައިވާކަމަށާއި ކަސްޓަމްސް ކްލިއަރެންސްއަށްފަހު ބިން ހިއްކުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. 

ރަސްމާލެ: 129.6 ހެކްޓަރުގެ ބިން ހިއްކައިފި، ހުޅުމާލޭ ފޭސް 1ގެ ބޮޑުމިނާ ގާތްކުރޭ

ރަސްމާލެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

މީގެ އިތުރުން ގުޅީފަޅާއި ގިރާވަރު ފަޅުންވެސް ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ލިބޭނެކަމެެއް ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުޞަތު ލިބޭނެގޮތަށް މި މަޝްރޫޢުގެ ޕްލޭން އެކުލަވާލައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން