ދުނިޔެ

ހަމާސް އާއި އިސްރާއިލްގެ ޞުލްޙައިގެ މަޝްވަރާތަކަށް ޤަޠަރުގެ ޚާރިޖީ ވަޒީރު މިޞްރަށް ވަޑައިގަންނަވަނީ

ހަމާސް އާއި އިސްރާއިލްގެ ޞުލްޙައިގެ މަޝްވަރާތަކަށް ޤަޠަރުގެ ޚާރިޖީ ވަޒީރު މިޞްރަށް ވަޑައިގަންނަވަނީ

ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލު ޘާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2025، 03:17

18 އޯގަސްޓު 2025، 03:17

ޙަމާސް އާއި އިސްރާއިލްގެ ޞުލްޙައިގެ މަޝްވަރާތަކަށް ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލު ޘާނީ މިޞްރަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. 

މިޞްރު، ޤަތަރު އަދި އެމެރިކާ ވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓުވުމަށް މެދުވެރިވެގެން މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެންމެ ފަހުން ދޯހާގައި ބޭއްވުނު ނުސީދާ މަޝްވަރާތައް ހަފްތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ. ހިނގާފައިވަނީ ހަފްތާތަކެއް ވަންދެނެވެ. ނަމަވެސް މި މަޝްވަރާތައް ޖުލައި 25 ގައި ނިމުނު އިރު އެއްވެސް ނަތީޖާއެއް ހާސިލުވެފައެއް ނުވެއެވެ.

ފަލަސްތީނުގެ މަސްދަރެއް ފްރާންސް ޕްރެސް އޭޖެންސީއަށް ހާމަކުރި ގޮތުގައި މެދުވެރިން މިހާރު ދަނީ ހަނގުރާމަ ހުއްޓުވުމަށް އައު އެއްބަސްވުމެއްގެ ކުރެހުން އެކުލަވާލަމުންނެވެ. މީގެ ތެރޭގައި 60 ދުވަހުގެ ހުއްޓުމަކަށްފަހު ދިގު މުއްދަތުގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާއި، އިސްރާއީލުގެ ހުރިހާ އަސީރުން (ދިރިތިބި އަދި ނިޔާވެފައިވާ) އެއްފަހަރާ ދޫކޮށްލުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

އެހެންނަމަވެސް ހަމާސްގެ އިސް ފަރާތެއް ބުނާ ގޮތުގައި މިހާތަނަށް އެއްވެސް އައު ހުށަހެޅުމެއް އެ ހަރަކާތަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާވެރިކަން ހުއްޓާލައި، ބްލޮކޭޑް ނިމުމަކަށް ގެނެސް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދޭނަމަ، އެއްބަސްވުމަކަށް ވާސިލުވުމަށް ހަމާސް ތައްޔާރަށް ހުރި ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

އިސްރާއީލީ މީޑިއާގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މިޞްރުން ވަނީ ހަމާސްއަށް ފުޅާ އެއްބަސްވުމެއް ހުށަހަޅާފައެވެ. މި އެއްބަސްވުމުގައި ހިމެނެނީ ހަމާސްއިން ހިފަހައްޓައިފައި ތިބި އިސްރާއީލްގެ އަސީރުން  ދޫކޮށްލުމާއި، ހަމާސްގެ ހަތިޔާރު ނައްތާލުމާ ބަދަލުގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ފަލަސްތީނު އަސީރުން ދޫކޮށްލުމެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން