ޚަބަރު
މިއަހަރުގެ ޤައުމީ ދުވަހާ ގުޅުވައިގެން މައުމޫން ފައުންޑޭޝަނުން ޅެން ހެދުމުގެ މުބާރާތެއް

އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް/ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ޤައުމީ ދުވަހާ ގުޅުވައިގެން ކުރީގެ ރައީސް، އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ހިންގަވާ މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މައުމޫން ފައުންޑޭޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަހާ ގުޅުވައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މި މުބާރާތަށް ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަމާ ގުޅުންހުރި މަޢުޟޫތަކަށް ޅެން ހެދޭނެކަމަށް އެ ފައުންޑޭޝަނުން ވިވަނީ ވިދާޅުވެފައެވެ.
މައުމޫން ފައުންޑޭޝަނުން އިތުރަށް ވިދާޅުވީ، މި މުބާރާތުގެ 1 ވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، 2 ވަނަ އަށްދާ ފަރާތަކަށް 3،500 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މުބާރާތުގެ 3 ވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން، މި މުބާރާތަށް ހުށައެޅޭ އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މައުމޫން ފައުންޑޭޝަނުން ވިދާޅުވިއެވެ.
އެހެންކަމުން، މި މުބާރާތުގައި ބައިވެރިކުރާ ޅެންތައް މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން [email protected] އީމެއިލްއަށް ފޮނުވޭނެ ކަމަށް އެ ފައުންޑޭޝަނުން ވިދާޅުވިއެވެ. އަދި މުބާރާތުގެ ޤަވާއިދު މައުމޫން ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުތަކުން ލިބިލައްވާނެކަމަށް މައުމޫން ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ.
މި މުބާރާތަކީ، ހުރިހާ ދިވެހިންނަށް ބައިވެރިވެވޭނެހެން ހުޅުވާލާފައިވާ މުބާރާތެކެވެ.