Ads by Stelco

ޚަބަރު

މަގު ހެދުމުގެ މަސައްކަތާ ގުޅިގެން ޖުމްހޫރީ މައިދާނަށް ބަސް މަޑުނުކުރާނެ: އެމްޓީސީސީ

މަގު ހެދުމުގެ މަސައްކަތާ ގުޅިގެން ޖުމްހޫރީ މައިދާނަށް ބަސް މަޑުނުކުރާނެ: އެމްޓީސީސީ

އެމްޓީސީސީ ބަހެއް ބޮޑުތަކުރުފާނު މަގުގައި ދަތުރުކުރަނީ، ފޮޓޯ: އަވަސް

farudhun logo

ފަރުދުން

18 އޯގަސްޓު 2025، 08:13

18 އޯގަސްޓު 2025، 08:13

ޒަމާނީ ފެންވަރަށް މާލޭގެ ބޮޑުތަކުރުފާނު ހެދުމުގެ މަސައްކަތަށް އެ މަގުގެ އުތުރު ސަރަޙައްދު ބަންދުކޮށްފައި ވާތީ، ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް އެމްޓީސީސީގެ ބަސްތައް މަޑުނުކުރާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. 

އެމްޓީސީސީއިން ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭގެ ސަރަހައްދުން ފެށިގެން އިއްޒުއްދީން ޖެޓީއާއި ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން 18 އޮގަސްޓް އިން 13 އޮކްޓޫބަރުގެ ނިޔަލަށް އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އާރު 12 ރޫޓަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް އެމްޓީސީސީގެ ބަސްތައް މަޑުނުކުރާނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޯބަރުގެ 13 ވަނަ ދުވަހާ ހަމައަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދު ހަދާ ނިމޭއިރު 4 ލޭނު ހިމެނޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން